ދީން
17 Oct 2024 | 09:51
ދަރިފުޅުގެ ހިތުގައި ނަމާދަށް ލޯބިޖެއްސުމަށް ކުރެވިދާނެ ބައެއް ކަންކަން

އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު ކަމަކީ އެކަކަށްވެސް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމެވެ. އަދި ޝަހާދަތުގެ ދެކަލިމައަށްފަހު، އިސްލާމް ކަމުގެ ދެވަނަ ރުކުނެއްގެ ގޮތުގައި އޮންނަނީވެސް ނަމާދެވެ. ކަންމިހެން ހުރުމުން، އަހަރެމެންގެ ދަރިންގެ ހިތްތަކުގައި ނަމާދަށް ލޯބިޖައްސައި، އެކަމަށް އާދަ ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

މި ލިޔުމުގައި މި ބަލާލަނީ ދަރިންގެ ހިތުގައި ނަމާދަށް ލޯބިޖެއްސުމަށް ކުރެވުދާނެ ބައެއް ކަންކަމަށެވެ. 

1. ދަރިންނަށް ނަމޫނާ ދެއްކުން

ދަރިންނަކީ ބޮޑެތި މީހުން، ޚާއްސަކޮށް މައިންބަފައިން ނަކަލުކުރާ ބައެކެވެ. އެހެން ކަމުން، ބަންގި ދިނުމާއެކު، ކުދިންގެ މައިންބަފައިން، ވުޟޫކޮށް، ނަމާދު ކުރަން އަވަސްވެގަންނަތަން އަމަލުން ދައްކާށެވެ. ތިބާގެ ޙަޔާތުގައި ނަމާދަށް ފަރުވާތެރިވެ، ނަމާދު އޭގެ ވަގުތުގައި އަދާކޮށް، އެންމެ ނަމާދެއްވެސް ނާޅައި، އެންމެ އިސްކަމެއް ނަމާދަށް ދޭ ތަން ދަރިންނަށް ފެންނަ ނަމަ، އެކުދިން ބޮޑުވެގެންދާނީ، ނަމާދުގެ މުހިންމުކަން ދަންނަ، އަދި އެކަމަށް ފަރުވާތެރިވާ ބައެއްގެ ގޮތުގައެވެ. 

2. ކުޑައިރުން ފެށިގެން ނަމާދު ކުރަން އާދަކުރުން

ނަބިއްޔާ ޞައްލަالله ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ، وَفَرِّقُوا بَيْنَهُمْ فِي الْـمَضَاجِعِ))([1]) މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (ނަމާދު ނުކޮށްފިނަމަ) އަދަބު ދީގެންވެސް ނަމާދުކުރުވާށެވެ. އަދި އެކުދީންގެ ތަންމަތިތައް ވަކިކުރާށެވެ.”

ހަތް އަހަރުވުމުގެ ކުރިން ނަމާދު ކުރަން ނުޖެހުނު ނަމަވެސް، އޭގެ ކުރިންވެސް، ކުދިންނަށް ނަމާދު ކުރަން އުނގަންނައިދީ އެކަމުގެ މުހިންމުކަން ވިސްނައިދިނުމަކީ މުހިންމު ކަމެކެވެ. 

3. ނަމާދު ކުރުމަށް ޚާއްސަ ޖާގައެއް ކަނޑައެޅުން

ގޭގައި ޖާގަ ހުރި ނަމަ، ނަމާދު ކުރަން ވަކި ކޮޓަރިއެއް ޚާއްސަ ކުރާށެވެ. ނުވަތަ ކޮޓަރީގެ ވަކި ތަންކޮޅެއް ހަމައެކަނި ނަމާދު ކުރުމަށް ޚާއްސަކޮށް އެތަނުގައި ނަމާދު ކުރާށެވެ. އަދި އެއީ ނަމާދު ކުރާ ތަން ކަމަށް ވުމުން، އެތަން އަބަދުވެސް ސާފުޠާހިރުކޮށް ބެހެއްޓުމަށް އިރުޝާދު ދޭށެވެ. 

4. ޗާޓްސް

ނަމާދު ވަގުތާއި ނަމާދުތައް އެނގޭ ގޮތަށް ކޮޓަރީގައި ޓޭބަލް އެއް ނުވަތަ ޕޯސްޓަރެއް ތަތްކޮށްފައި ބަހައްޓާށެވެ. އޭރުން ނަމާދުތަކުގެ ވަގުތުތައް އެނގި، ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަށް އިސްކަންދެވޭނެއެވެ. 

މިއާއެކު ”ނަމާދު ގަސް“ އެއް ހަދާށެވެ. ކޮންމެ ނަމާދެއް ވަގުތުގައި ކުރުމަށްފަހު، އެ ގަހުން ފަތެއްގައި ފެހި ކުލަ ޖައްސަން ދަރިފުޅު ގާތު ބުނާށެވެ. އަދި ދަރިފުޅު، ނަމާދު ވަގުތުގައި އަދާކުރުމުން، މާތްالله ދަރިފުޅުގެ އެ ޢަމަލާމެދު ރުހިވޮޑުގެންވާނެކަމަށް ބުނާށެވެ. ހަމަ އެހެންމެ، އެއީ الله ވަރަށް ލޯބިވެވޮޑިގެންވާ ކަމެއް ކަމަށްވެސް ބުނާށެވެ. 

އަދި ނަމާދެއް ލަސްކޮށްފައި ކުރި ނަމަ، ނަމާދު ގަހުގެ ފަތުގައި އޮރެންޖު ކުލަ ޖެއްސުމަށް ބުނާށެވެ. ނަމާދު ލަސްކުރުމަކީ މާތް الله ނުރުއްސަވާ ކަމެއްކަންވެސް ހަނދުމަކޮށްދޭށެވެ. 

މީގެ އިތުރުން، ދަރިފުޅު ނަމާދެއް އަޅައިފިނަމަ، ގަހުގެ ފަތުގައި ރަތްކުލަ ޖެއްސުމަށް ބުނާށެވެ. އަދި، ނަމާދު އެޅުމުގެ ސަބަބުން، މާތްاللهގެ ނުރުއްސެވުމާއި އަޒާބު ލިބޭނެ ކަމަށް ބުނެދީ، ތައުބާވުމަށް ނަސޭހަތްތެރިވާށެވެ.

5. الله ޞުބުޙާނަހޫވަތަޢާލާއާއި ބެހޭގޮތުން ކުއްޖާއާ ވާހަކަދެއްކުން

މާތް الله އަކީ ކޮން ފަރާތެއްކަން ނޭނގި އެކަލާނގެއަށް އަޅުކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެން ކަމުން ދަރިފުޅު ތުއްތުއިރުން ފެށިގެން، ހުރިހާ އެއްޗެއް ހެއްދެވީ الله ކަމާއި، އެކުދިންގެ ކާނާ އާއި އެނޫންވެސް ބޭނުންވާ ހުރިހާ އެއްޗެއް ދެއްވަނީ الله ކަން ބުނެދޭށެވެ. އޭރުން ކުއްޖާގެ ހިތުގައި ހެއްދެވިވފަރާތަށް ލޯބި ޖެހި، އެކަލާނގެއަށް ކުރެވޭ އަޅުކަންތަކުގައި އިޚްލާސްތެރިވެވޭނެއެވެ.

6. ދަރިންގެ ”ހިރޯ“ އަކީ ރަސޫލާ މުޙައްމަދު (ޞޢވ) ކަމުގައި ހެދުން

ރަސޫލާ ޞޢވ ގެ ޙަޔާތްޕުޅުން ފާހަގަކޮށްލެވޭ އެކިއެކި ވާހަކަތައް ދަރިފުޅަށް ކިޔަވައިދޭށެވެ. އެކަލޭގެފާނުގެ ޚުލޤުފުޅާއި އަޚްލާޤުގެ މަތިވެރިކަން އެނގިގެންދާ ވާހަކަ ތަކާއި ނަމާދާއި ގުޅިގެން އައިސްފައިވާ ވާހަކަތައް ކިޔައިދޭށެވެ. ދަރިން އެންމެ ލޯބިވާ އިންސާނާ އަކީ ރަސޫލާ ޞޢވ ކަމަށް ހަދައި، އެކަލޭގެފާނަކީ އެކުދިންގެ ހީރޯއަށް ހަދާށެވެ. އޭރުން އެކަލޭގެފާނު ކުރެއްވި ފަދައިން ނަމާދު ކުރަންވެސް ކުދިން ބޭނުންވާނެ އެވއ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.