ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު.. ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު
18 Oct 2024 | 00:57
މި ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: މިނިސްޓަރު

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ފާއިތުވެދިޔަ އަހަރެންހާ ދުވަހު 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މި ސަރުކާރުން ކުޅިވަރަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި އެގޮތުން ފާއިތުވެދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރުއެއީ ބޮޑު އަދަދެއްކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހަށް ބަލައިލުމުން ވެސް ހެކިދޭ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް އެކަނިވެސް 255 މިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައި،" 

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ ކުޅިވަރުގެ ދިގު ރާސްތާގެ ޕްލޭނެއް އެކުލަވާލުން ކަމަށާއި އެ ޕްލޭނުގައި ހިމެނެނީ ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ކުރަންޖެހޭ މަސައްކަތާއި، އެކުއެކީގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ތަފްސީލު ކަމަށެވެ.

"މިކަން ވަނީ އަޅުގަނޑުމެންނަށް ފެށިފައި. އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގެ ޕޯޑިއަމުން އަޅުގަނޑުމެންގެ އެތުލީޓުން ފެނުން، އަޅުގަނޑުމެން މި ދެކެނީ ވަރަށް ބޮޑު ހުވަފެނެއްގެ ގޮތުގައި. އެހެންވީމާ އެ މަރުހަލާއަށް ދަތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނެ ގޮތުގެ ޕްލޭނެއް މިވަނީ އެކުލަވާލެވިފައި. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފަހި ދޮރެއް ވެސް ވަނީ ހުޅުވިފައި. އެއީ މިއަހަރުގެ ޖުލައި މަހު ޕެރިހުގައި އޮތް އޮލިމްޕިކްސްއަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވުން،" 

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ހޯދައި، އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވި ދުވަހަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ރަން އަކުރުން ފަވާލެވުނު ފަހުރުވެރި ދުވަހެއް ކަމަށާއި އޭގެ އިތުރުން 2026 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފު ސާފިން އިން ހޯދުމަކީ ވެސް ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.