ހަބަރު
20 Oct 2024 | 10:08
އަލް އަސްރުގެ ނަމާދު ވޯކްޝޮޕް ރ. މީދޫގައި؛ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަލް ޢަސްރުގެ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް ރ.މީދޫގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަލް އަސްރުން ވަނީ، މިދިޔަ ޖުލައި މަހުގެ 25 އިން 27 އަށްވެސް މީދޫގައި ބާއްވާފައެވެ. އެ ވޯކްޝޮޕްގައި 50 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. 

އަލް އަސްރުން ވޮއިސް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، އެ ވޯކްޝޮޕްގައި ބައިވެރި ނުވެވުނު ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން މި މަހުގެ 24 އިން 26 އަށްވެސް އިތުުރު ނަމާދު ވޯކްޝޮޕެއް އެރަށު ބޭއްވުމަށް ނިންމީއެވެ. 

އަލް އަސްރުން އިތުރަށް ބުނީ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ. ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7898784 ނަންބަރަށް ނަމާއި އައިޑީކާޑު ނަންބަރު މެސެޖު ކޮށްގެން ބައިވެރިވެވޭނެ ކަމަށް އަލް-އަސްރުން ބުނެއެވެ. 

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ރ.މީދޫ ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް ފޯ މައި މީދޫ ޔޫތު ޑިވެލޮޕްމެންޓާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ނަމާދާއި ބެހޭގޮތުން ގިނަ އަދި މުހިންމު މައުލޫމާތު ތަކެއް ފޯރުކޮށްދެވޭ މި ވޯކްޝޮޕްގައި ކިޔަވައިދޭނީ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ.އާދަމް ޝަމީމެވެ.

މި ވޯކްޝޮޕްގައި ނަމާދުގެ މަޤާމް، ޠަހާރަތާއި، ވުޟޫ އަދި ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ޛިކުރުތަކާއި ހަރަކާތްތައް ވެސް ކިޔަވައިދެވެއެވެ. 

އަލް ޢަސްރުން އިތުރަށް ބުނިގޮތުގައި، މި ވޯކްޝޮޕަށްފަހު، ފުރަތަމަ ފަހަރަށް، ”ލޯތަކުގެ ފިނިކަން ނަމާދު ވޯކްޝޮޕް“ގެ ލެވެލް 2 މީދޫގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޑރ އާދަމް ޝަމީމް ނަންގަވައިދެއްވާ މި ވޯކްޝޮޕްގައި ބައިވެރިވެވޭނީ ލެވެލް 1 ފުރިހަމަ ކުރާ ބައިވެރިންނަށް ކަމަށް އަލް-ޢަސްރުން މައުލޫމާތު ދެއެވެ.

އަލް އަސްރުން އަންނަނީ، ރަށްރަށުން ރިކުއެސްޓް ކުރުމުން ރަށްރަށުގައި އާއި އޮފީސްތަކުގެ ގައި ވެސް މި ވޯކްޝޮޕް ބާއްވައިދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.