އިންޑިއާގެ ރައީސާ ޑްރޮޕަޑީ މުރްމޫ މަލާވީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން..
ހަބަރު
20 Oct 2024 | 21:40
އިންޑިއާ އާއި މަލާވީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އިންޑިއާއާއި މަލާވީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އިންޑިއާއާއި މަލާވީއާ ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ރައީސާ ޑްރޮޕަޑީ މުރްމޫ މަލާވީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، މި ހަފްތާ ބަންދުގައެވެ. މުރްމޫ މަލާވީއަށް ވަޑައިގަތީ އެފްރިކާ ބައްރުގެ 3 ޤައުމަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހު މަންޒިލެއްގެ ގޮތުގައެވެ. މަލާވީގެ ކުރިން އެކަމަނާ ވަޑައިގަތީ މުސްލިމް ދެ ޤައުމުކަމަށްވާ އަލްޖީރިއާ އަދި މޮރިޓޭނިއާ އަށެވެ.

މަލާވީގެ ރައީސް ޗަކްވެރާއާއެކު ހުކުރު ދުވަހު މުރްމޫ ވަނީ ބައްދަލުކުރައްވައި، ދެޤައުމުގެ މެދުގައި މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކަށްފަހު ދެޤައުމުގެ މެދުގައި ސަގާފަތާއި ފަންނު، ޒުވާނުން، ކުޅިވަރު، ބޭސްވެރިކަން ފަދަ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ، ގުޅިގެން މަސައްކަތްކުރުމުގެ އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފައިވެއެވެ. އަދި އަތްފައި ނެތް މީހުންނަށް މަސްނޫޢީ އަތާއި ފައި ޖަހައިދޭ މަރުކަޒެއް، އިންޑިއާގެ އެހީގައި މަލާވީގައި ގާއިމްކޮށްދެއްވާނެކަންވެސް އެކަމަނާ އިއުލާންކުރެއްވިއެވެ.

މިއީ އިންޑިއާގެ ރައީސަކު މަލާވީއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާ ވިދާޅުވީ މަލާވީއާއެކު ގާއިމްކޮށްފައިވާ 60 އަހަރުގެ ގުޅުމަކީ އިންޑިއާއިން އަބަދުވެސް ބަލައިގަންނަ ގުޅުމެއް ކަމަށެވެ. އަދި އެފްރިކާ ބައްރާއިއެކު އިންޑިއާއިން ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދެނީ އެފްރިކާ ބައްރުގެ ގައުމުތަކުން އިސްކަންދޭ ކަންކަމަށް ވިސްނައިގެންކަމަށްވެސް އެކަމަނާ ވިދާޅުވީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.
14 Aug 2026
ރައީސަށް ޝަކުވާ: ސުކޫލުތަކުގެ ފާހާނަތައް ހަޑި، ޑެސްކުތަކުގައި ހުތުރު އެއްޗެހި ލިޔެފައި
ރައީސް ވަނީ އެކަންކަން އެހެން ވެގެން ނުވާނެކަން ފާހަގަކޮށް އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
14 Aug 2026
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
14 Aug 2026
ސިގްނަލްތައް ރަތްވެއްޖެ. ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ: ޝާހިދު
ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭންބުނި ހަމަ އެއްވެސް ކަމެއް ހާސިލްނުވި ނަމަށާއި ނަތީޖާއަކީ މިއަދު ރައްޔިތުންނަށް އެތައް ގޮތަކުން ދަތިވުންކަމަށެވެ
14 Aug 2026
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ތަފާތުވާނެ
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން އެންމެން އެކުގައި ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމުގައި ކަމުގައި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒަހީރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
14 Aug 2026
ފިތުނަފަސާދަތަކަށް ހުރަސްއެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ އެންމެހައި ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، އިލްތިމާސްކުރައްވައިފިއެވެ.
14 Aug 2026
40 ޖަމިއްޔާއާއެކު ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި
ދާރުލްއާސާރުގައި ރޭ 8:45 ގައި މަހާސިންތާ ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މި ޙަފްލާގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝަރަފުވެރިމެހެމާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.