އެލަމްނައީ ލީޑާޝިޕް އެވޯޑް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުއަށް ލިބިވަޑައިގެންފި

ޝަހީމް ވިދާޅުވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިތީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް އެމަނިކުފާނުގެ ނަން އިޚްތިޔާރު ކުރައްވާފައިވާކަން ޔުނިވަރސިޓީން އަންގަވާފައި ވާކަމަށް
Share on facebook
Share on twitter
Share on telegram
Share on whatsapp

އެލަމްނައީ ލީޑާޝިޕް އެވޯޑް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުއަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގެ ފަރާތުން ދޭ އެވޯޑެކެވެ.

މި އެވޯޑު ދެމުން އަންނަނީ އައިއައިޔޫއެމްގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކޮއްލެވޭ މަސައްކަތްތަކާއި ލީޑާޝިޕް މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މިވެސް ކިޔާލާ:

އެ ޔުނިވާސިޓީއިން އަންނަނީ ކޮންމެ އަހަރަކުވެސް މިފަދަ ބޭފުޅުން ފާހަގަކޮށް މި އެވޯޑު ދެމުންނެވެ.

ޑރ.ޝަހީމް ވަނީ މި އެވޯޑް ލިބިވަޑައިންނެވިކަން ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. ޝަހީމް ވިދާޅުވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިތީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް އެމަނިކުފާނުގެ ނަން އިޚްތިޔާރު ކުރައްވާފައިވާކަން ޔުނިވަރސިޓީން އަންގަވާފައި ވާކަމަށެވެ. އަދި މި އެވޯޑު ލިބިވަޑައިންނެވުމުން ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ އައިއައިޔޫއެމް އަށް ޝުކުރު އަދާ ކުރައްވާފައެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.