އެމްޑީޕީން މަޖިލިސް ކައިރީގައި ކުރިއަށް ގެންދާ މުޒާހަރާ-- ފޮޓޯ: އެމްޑީޕީ
ހަބަރު
21 Oct 2024 | 13:04
ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވާތީ، އެމްޑީޕީން މަޖިލިސް ކައިރީ މުޒާހަރާ ކޮށްފި

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވާތީ، އެމްޑީޕީން މަޖިލިސް ކައިރީ މުޒާހަރާ ކޮށްފިއެވެ.

ފުލެޓާއި ގޯތި ހަވާލުކުރުން ލަސްވާތީ، ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ކުރިއަށްގެންދާ މި މުޒާހަރާގައި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުޒާހަރާގެ ބައިވެރިން ބުނީ، މަޖިލިސް ސަރަހައްދުގައި އެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދަނީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކަމަށެވެ.

އެމްޑީޕީން މަޖިލިސް ކައިރީގައި ކުރިއަށް ގެންދާ މުޒާހަރާ-- ފޮޓޯ: އެމްޑީޕީ

މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން  29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު 13 ގޯތި އަދި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު 10 ގޯއްޗެއް އެ ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކޮށްފައެވެ.

އެއާއިއެކު، މި ސްކީމްގެ ދަށުން ޖުމްލަ 648 ގޯތި ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެ ކަމާއި ގުޅިގެން ޖަވާބުދާރީ ވުމަށް މިނިސްޓަރ ހައިދަރު ހާޒިރުކުރުމުން، މިނިސްޓަރު ވަނީ އޮކްޓޯބަރު މަސް ނިމޭއިރު، އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއިއެކު، ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހައިދަރު ވަނީ، ފްލެޓް ލިސްޓް އުވާލަން ގަސްދުނުކުރައްވާ ކަމަށާއި، އެހެންނަމަވެސް، ފުލެޓްތައް އޭގެ ހައްގުވެރިންނަށް ލިބޭކަން ޔަގީން ކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.