ހަންކެނޑެ ތަރައްޤީކުރާނޭ ގޮތުގެ ކުރެހުމެއް
ހަބަރު
23 Oct 2024 | 15:12
ހަންކެނޑެ މަޝްރޫޢޫ ކުރިއަށްގެންދަން އަދި ބަޔަކާ ހަވާލު ކޮށްފައެއްނެތް: ޓޫރިޒަމް މިނިސްޓަރު

ހަންކެނޑެ މަޝްރޫޢޫ ކުރިއަށްގެންދަން އަދި މިހާތަނަށް ބަޔަކާ ހަވާލު ކޮށްފައެއްނެތްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހަންކެނޑެ މަޝްރޫޢުއަކީ އެ ސިޓީގައި ޓޫރިޒަމް ތަރައްޤީކުރުމަށް ހިންގާ އެންމެ ބިޔަމަޝްރޫޢުއެވެ. ސަރުކާރުން ހަންކެނޑެ  ހަވާލުކޮށްފައިވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާއެވެ

ރައްޔިތުންގެ މަޖިލީހުގައި މިއަދު މަރަދޫ ދައިރާގެ މެމްބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ހަންކެނޑެ މަޝްރޫޢު ކުރިއަށްދާގޮތް ބެލުމަށް އެމްއެފްއެމްސީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށާއި، އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ޕާޓީއަކު އައްޔަނކުރެވިފައި ނުވާއިރު، މިހާތަނަށް ފަންޑު ލިބިފައި ނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރާ ހަވާލުވިއިރު ހަންކެނޑެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެ ކުންފުންޏެއް ހަމަޖައްސައި ސޮއިކޮށްފައި ނުވާކަމަށާއި، އެކަމާ ގުޅޭގޮތުން ވާހަކަތައް ދެކެވިފައި ހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޗައިނާ ޕާޓީއަކާއެކު ވާހަކަ ދެކެވުނުކަން އެނގޭ. ދެން އަޅުގަނޑަށް މައުލޫމާތު ލިބެނީ، އިންޓްރަސްޓް ރޭޓާމެދު ގޮތެއް ނުނިމޭތީއޭ އެއްބަސްވުމުގައި ސޮއިނުކުރެވިވަނީ. އެހެން ނަމަވެސް މިވަގުތު ޗައިނާ ކުންފުނީގެ އެމްޑީއާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ދަނީ. 

ފައިސަލް ވިދާޅުވިއެވެ

މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ފަޅުރަށްތަކުގެ ތެރެއިން ހަންކެނޑެ ސަރަހައްދުގައި އެންމެ ފުރަތަމަ ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ބަޔަކާ ހަވާލުކުރި ނަމަވެސް އަދި މިހާތަނަށް އެކަން ކުރިއަކަށް ނުދެއެވެ. އެންމެފަހުން ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެމްޑޕީން ވަނީ ހަންކެނޑެ މަޝްރޫޢު އިފްތިތާހުކޮށް އެތަނުގައި ރިސޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާ ހަވާލުކޮށްފައެވެ. 

އޭރު އެމްއެފްއެމްސީން ބުނީ ހަންކެނޑޭގައި ތަރައްޤީކުރާނީ 2082 އެނދު ހިމެނޭ 1041 ކޮޓަރީގެ ރިސޯޓެއް ކަމަށެވެ. މި މަޝްރޫޢުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 142.9 މިލިއަން ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ