ޗައިނާގެ ކޯސްޓްގާޑު އުޅަނދެއް މަޓްސޫ އައިލެންޑް ކައިރިން ދަނީ.. ފައިލް ފޮޓޯ/އޭޕީ
ދުނިޔެ
23 Oct 2024 | 16:07
ޓައިވާން ކައިރިއަށް ޗައިނާގެ މަނަވަރުތަކެއް ދަތުރުކުރަނީ

ޓައިވާން ކައިރީގައި ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ހިންގިތާ އެއް ދުވަސް ނުވަނީސް، މިއަދު އެގައުމާ ދިމާއަށް ޗައިނާގެ ކަނޑުގެ މަނަވަރުތަކެއް ދަތުރުކުރަމުންދާކަމަށް ޓައިވާނުން ބުނެފިއެވެ.

ހަނގުރާމަމަތީ ޖެޓްތައް އުފުލާ ކެރިއަރއަކާއި އިތުރު މަނަވަރުތަކެއް ޓައިވާނުން ކޮންޓްރޯލް ކުރާ ޕްރަޓާސް ޖަޒީރާތަކުގެ ކައިރިން ޓައިވާން ކަނޑުއޮޅިއާއި ދިމާއަށް ދަތުރުކުރަމުންދާކަމަށް ޓައިވާނުގެ ޑިފެންސް މިނިސްޓްރީއިން ބުނެއެވެ. ލިއައޮނިންގް ނަންދީފައިވާ މި އެއަރކްރާފްޓް ކެރިއަރ ވަނީ މިދިޔަ ހަފްތާގައި ޓައިވާނުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ބޭއްވި ބާރު ދައްކާލުމުގެ އަސްކަރީ ތަމްރީންތަކުގައިވެސް ބައިވެރިވެފައެވެ.

މި ތަމްރީންތަކުގައި ކަނޑުގެ އުޅަނދުތަކުގެ އިތުރުން ގިނަ އަދަދެއްގެ އަސްކަރީ ޖެޓްވެސް ޗައިނާއިން ބޭނުންކުރިއެވެ. ޗައިނާގެ އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް މޮނީޓަރ ކުރަމުންދާކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ޓައިވާނުން ބުނެއެވެ. އެހެންނަމަވެސް ތަފްސީލެއް އެގައުމުން ހާމައެއް ނުކުރެއެވެ.

ޗައިނާއާއި ޓައިވާނާއި ދެމެދު އޮންނަ ޓައިވާން ކަނޑުއޮޅިން ނިމުނު ހަފްތާ ބަންދުގައި ކެނެޑާގެ މަނަވަރަކާއި އެމެރިކާގެ މަނަވަރެއްވެސް ދަތުރުކޮށްފައިވެއެވެ.

މި މަނަވަރުތަކުގެ ދަތުރަކީ ޓައިވާން ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ މެރިން ޓްރެފިކަށް ވަދެވޭނެ ބައިނަލްއަގްވާމީ ސަރަހައްދެއްކަން ޗައިނާއަށް ހަނދާކޮށްދިނުމަށް އެމެރިކާއިން ދޭތެރެދޭތެރެއިން ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ކުރި ދަތުރުރެކެވެ.

ޗައިނާއިން ވަނީ އެމެރިކާއާއި ކެނެޑާގެ މި އަމަލު ކުށްވެރިކޮށް، މިއީ އެސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް އެގައުމުތަކުން ކުރި ކަމެއް ކަމަށް ސިފަކޮށްފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.