ފަލަސްޠީނުގެ ކުދިން ތަކެއް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
25 Oct 2024 | 18:18
"ޒަޚަމް ތަކަށް އަވަސް ފަރުވާ ނުލިބި، އެ ވޭނުގައި ޣައްޒާގެ އެތައް ކުއްޖަކު ދަނީ ޝަހީދުވަމުން“

ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާއްމުގެ ސަބަބުން ޒަޚަމްވެފައިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ ނުލިބި، އެ ވޭނުގައި އެތައް ކުއްޖަކު ދަނީ ޝަހީދުވަމުންކަމަށް އދ. ގެ އޭޖެންސީތަކުން ބުނެފިއެވެ.

މިކަން ދިމާވަމުންދަނީ އިސްރާއީލުގެ ފަރާތުން ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ހުއްދަދޭ ކުދިންގެ އަދަދު ދަށްވަމުން ދިއުމާއި، ރަފާ ބޯޑަރު ބަންދުވުމާ ގުޅިގެންކަމަށް އދ. އިން ވަނީ ފާހަގަކޮށްފައެވެ.

ޔުނިސެފްގެ ޖޭމްސް އެލްޑަރ ވިދާޅުވި ގޮތުގައި، ކުރިން މަހަކު 300 އާ ގާތްކުރާ އަދަދެއްގެ ކުދިން ބޭސްފަރުވާއަށް ބޭރަށް ފޮނުވަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ ދުވާލަކު އެންމެ ކުއްޖަކަށްވުރެ ދަށްވެފައެވެ. މިހެން ދިމާވަނީ އިސްރާއީލުގެ ފަރާތުން ސެކިއުރިޓީ ހުއްދަ ނުލިބުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

"ނަތީޖާއެއްގެ ގޮތުން، ޣައްޒާގެ ކުދިން ދަނީ މަރުވަމުން. އެއީ ހަމައެކަނި ބޮންތަކާއި، ވަޒަންތަކާއި، މިސައިލްތަކުގެ ސަބަބަކުން ނޫން. އެ މިސައިލް ތަކުން އެ ކުދިންގެ ގެތައް ސުންނާފަތި ވެގެން ދިޔަ ނަމަވެސް، މިރެކަލް އަކުން ކުއްޖާ ސަލާމަތްވާ ފަހަރު ތަކުގައިވެސް އެ ކުދިންނަށް ޣައްޒާއިން ބޭރަށް ނުކުމެ، އެ ކުދިންގެ ފުރާނަ ސަލާމަތްކުރެވޭނެ ކުއްލި ފަރުވާ ހޯދުމަށް ދަނީ ހުރަސްއަޅަމުން"އެލްޑަރ ވިދާޅުވިއެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަރާތުން މެޑިކަލް އިވެކުއޭޝަނަށް އެދޭ ހުށަހެޅުންތައް ބަލައިނުގަތް ވަގުތެއް ނުވަތަ އެއްވެސް ނިންމުމަކަށް އައި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.