ޝައިޚް ސަމީރު--
ހަބަރު
26 Oct 2024 | 11:00
ޝެއިހް ސަމީރުއާ ގުޅޭގޮތުން ދޮގު ފަތުރާ މީހާގެ ހަގީގަތް، އޭނާގެ އާއިލާއިން ކިޔައިދީފި

ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރުއާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި އަދި ބައެއް ނޫސްތަކަށް މައުލޫމާތު ދެމުންދާ މީހާގެ ވާހަކަތައް އޭނާގެ އާއިލާގެ ފަރާތުން ދޮގުކޮށްފިއެވެ.

ޝެއިހް ސަމީރުގެ ކޮއްކޮއަކާ ކުރީން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު މީހަކު، ޒާތީ ހަސަދައާ ރުޅިވެރިކަމުގައި ސަމީރުއާ ގުޅޭގޮތުން ބުހުތާނު ދޮގު ފަތުރަމުންދާކަމަށް އެމީހާގެ އާއިލާގެ މެމްބަރަކު ވަނީ ބުނެފައެވެ.

އެކަން ފާހަގަކޮށް އެ މީހާގެ އާއިލާގެ މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ޝެއިހް ސަމީރުގެ އަބުރަށް އަރައިގަނެ ދައްކާފައިވާ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ ފިރިހެން މީހާގެ ބޮޑުބޭބެ އަބްދުﷲ ފަޒީލް ބުނީ ޝެއިހާ ގުޅުވާ އޭނާގެ ކޮއްކޮ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

"ޝެއިހް ސަމީރަކީ ވަރަށް ގާތުން ވަރަށް ގިނަ ގިނަ ދުވަސް ވަންދެން އަޅުގަނޑު ދަންނަ ފަރާތެއް. ޝެއިހަކީ ވަރަށް ހެޔޮ، އިންސާފަށް އެހާމެ ލޯބިކުރާ ފަރާތެއް. އަޅުގަނޑަކީ މިހުރިހާ ކަމެއް ކައިރިން ދެކެފައިވާ އެކަކު. މިއީ މިކަންހިނގާ ދިޔަގޮތް ނޫންކަން ކަށަވާރާއި އެކު ދަންނަވަން ކެރޭނެ،"

އަބްދުﷲ ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ ޝެއިހުންގެ އަގު ވައްޓާލާ އިސްލާމް ދީން މި ގައުމުގައި ނިކަމެތި ކުރުމަށް މަދު ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ބުނީ ޝެއިހުއާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އާންމުން ސަމާލުވާން އެދޭ ކަމަށެވެ.

އެ ފިރިހެން މީހާގެ ކޮއްކޮއަކު ވެސް ވަނީ އޭނާގެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނީ މީހަކު ދައްކާހާ ވާހަކައެއްގެ ތެދުދޮގު ބެލުމެއް ނެތި ގަބޫލުކޮށް އެ ވާހަކަތައް ފަތުރާނަމަ އެއްވެސް މީހަކަށް ސަލާމަތެއް ނޯންނާނެ ކަމަށެވެ.

"މީހުންގެ އަބުރު ފާޅުގައި ކަތިލަމުން މިދަނީ،" ޝެއިހް ސަމީރަށް ނިސްބަތްކޮށް އޭނާގެ ކޮއްކޮ ދެއްކި ދޮގު ވާހަކަތައް ފެތުރުން ކުށްވެރިކޮށް މުއާޒް އަހްމަދު އޭނާގެ ފޭސްބުކް ގައި ލިޔެފައިވެ އެވެ.

އޭނާ ބުނީ ޝެއިހް ސަމީރުއާ ގުޅޭގޮތުން އޭނާގެ ކޮއްކޮއާ ހަވާލާދީ ލިޔެފައިވާ ގިނަ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ. އެކަން ބުނަނީ ކަންކަން ހިނގާފައިވާ ގޮތް ގާތުން ފެށި ހަގީގަތް އެނގޭތީ ކަމަށެވެ.

ޝެއިހް އަހްމަދު ސަމީރަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު އެއް އިލްމުވެރިޔާ އެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އުސްތާޛެކެވެ. ވަރަށް ގިނަ ދަރިވަރުންނާއި ޝެއިހް ދަންނަ ވަަރަށް ގިނަ ބަޔަކު ދަނީ އެ ވާހަަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އެ ވާހަކަތައް ދެއްކި މީހާއަށް ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް
އަމާން
ޝައިޚު ސަމީރަކީ ވ.އިޚުލާޞްތެރި ހެޔޮލަފާ ޢިލްމުވެރި ބޭފުޅެއް....!! އެބޭފުޅާއާއި ބެހޭ ގޮތުން ދޮގު ވާހަކަ ދައްކައި އަބުރު ކަތިލުމުން ދުރުވޭ....ﷲ އަށް ބިރުވެތިވޭ.
26 Oct 2024
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.