މާފަރު އެއާޕޯޓް
ހަބަރު
26 Oct 2024 | 16:48
މާފަރު އެއާޕޯޓަށް އަނެއްކާވެސް އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފި

ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިމި، މާފަރު އެއާޕޯޓް އަނެއްކާވެސް އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ރަންވޭގެ މަސައްކަތް ކުރުމަށް މާފަރު އެއާޕޯޓް ރަންވޭ ބޮޑުކުރުމުގެ މަަސައްކަތަށް ދަތުރުތައް މެދުކަނޑާލީ، މިއަހަރުގެ މެއިމަހުއެވެ.

މާފަރު އެއާޕޯޓް ރަންވޭ އިތުރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން ވަނީ، 650 މީޓަރު އިތުރުކުރެވި، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ރަންވޭއަށް ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓު ފަހަރަށް ޖެއްސޭނެކަމަށް މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ކުރިން ބުނެފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. މާފަރު އެއާޕޯޓަށް މިދިޔަ އަހަރުވެސް ވަނީ ރެކޯޑް އަދަދަކަށް ޖެޓް ޖައްސާފައެވެ. 

އައިލެންޑު އޭވިއޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ އަހަރުތެރޭ އެ އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.

ރާއްޖޭގައި ހިމެނޭ އެންމެ މަތީފަންތީގެ ގިނަ ރިސޯރޓުތަކެއް އެކުލެވޭ ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ އިރު 2082 ފަތުރުވެރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވާކަމަށް އައިލެންޑު އޭވިއޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ