އަބޫ ހިލައިލް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
27 Oct 2024 | 10:20
އިސްރާއިލްގެ ނިރުބަވެރިން، އަނިޔާކޮށްކޮށް ޝަހީދުކޮށްލި އަބޫ ހިލައިލްގެ ވާހަކަ އޭނާގެ ހުވަފަތް އަނބިމީހާގެ ދުލުން!

ހެބްރޯންގައި އިސްރާއީލް ސިފައިންގެ އަތްދަށުގައި އަނިޔާވެރިކަމާއެކު ޝަހީދުކޮށްލި ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓް ޒިޔާދު އަބޫ ހިލައިލްގެ ހުވަފަތް އަނބިމީހާ ބަސްމާ (64 އަހަރު) އޭނާގެ ހަޔާތުގެ ވާހަކަތަކާއި އިސްރާޢީލުގެ ނިރުބަވެރިން އޭނާ ޝަހީދު ކޮށްލި ގޮތުގެ ވާހަކަތައް ކިޔައިދީފިއެވެ.

އަލްޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި އިސްރާއީލް ސިފައިން، އަބޫ ހިލައިލްގެ ގެއަށް ވަދެ އޭނާއަށް އަނިޔާކޮށް މަރާލާފައިވަނީ، ނިރުބަވެރިން މިފަހުން ޣައްޒާގައި ފެށި ޤަތުލު ޢާއްމަށް އަހަރެން ފުރުނު ދުވަހު، މި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. އަބޫ ހިލައިލް އަކީ އިސްރާއީލްގެ ބިންފޭރުމާއި، ނުހައްގުން ފަލަސްތީނަށް ވެރިވެގެން ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ސުލްހަވެރި އިހުތިޖާޖުތައް ކުރުމަށް މަޝްހޫރު މީހެކެވެ. އޭނާގެ އެންމެ މަޝްހޫރު ވެފައިވަނީ "ބިހިއްމިޝް!" (މާނައަކީ "މައްސަލައެއް ނެތް")ގެ ނަމުންނެވެ.

އަބޫ ހިލައިލްކޮށްފައިވާ އިހްތިޖާޖުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް އިހުތިޖާޖުގައި 10،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އެ އިހްތިޖާޖުގައި ގޮވާލީ އިސްރާއީލުން ރަހީނުކޮށް ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ މުސްލިމުންގެ ހަށިގަނޑުތައް އަނބުރާ ދިނުމަށެވެ. މި އިހުތިޖާޖުގެ ސަބަބުން 17 ހަށިގަނޑު އަނބުރާ ލިބުނެވެ.

އަބޫ ހިލައިލް އާއި ބަސްމާ (64 އަހަރު) އަށްވަނީ 8 ފިރިހެން ދަރިންނާއި 6 އަންހެން ދަރިން ލިބިފައެވެ. އޭގެ ތެރޭގައި އެއްމާބަނޑު ކުދިންވެސް ހިމެނެއެވެ. އެކުދިންފެ ތެރެއިން މިހާރު ދިރިތިބި ދަރިންނަކީ އިރުވާނު މޫސާއާއި މައިސާ (42 އަހަރު)، މުޙައްމަދު (41 އަހަރު)، މުރާދު (39 އަހަރު)، ޢީސާ (37 އަހަރު)، ސަނާ (36 އަހަރު)، އިޔާދު - ޖިހާދުގެ އިރުވާނު - (34 އަހަރު)، މަޙްމޫދު (33 އަހަރު)، ބަދުރު (32 އަހަރު)، އިރުވާނު ނިދާއާއި ފިދާ (31 އަހަރު)، މުއައްޔަދު (30 އަހަރު) އަދި ޔާސްމީން (29 އަހަރު) އެވެ.

އަބޫ ހިލައިލްގެ ހުވަފަތް އަނބިމީހާ ބަސްމާ: ފޮޓޯ/ އަލްޖަޒީރާ

އަބޫ ހިލައިލްގެ ދެ ދަރިން ޝަހީދުވެގެން ދިޔައީ އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލާގެ ސަބަބުންނެވެ. އޭގެތެރެއިން އެކަކީ ޖިހާދެވެ. އުމުރުން އެންމެ 7 މަހުގައި ޖިހާދު ޝަހީދުވެގެންދިޔައީ 1989 ވަނަ އަހަރު ޔަހޫދީން ދިން ހަމަލާއެއްގައި ލިބުނު އަނިޔާއަށް ފަރުވާ އެކުއްޖާ ހޮސްޕިޓަލަށް ދިއުމަށް ހުރަސްއެޅުމުން އަނިޔާއަށް ފަރުވާ ނުލިބި އެ ވޭނުގައެވެ. 

އަނެއް ދަރިފުޅު އަޙްމަދު ޝަހީދުވެގެންދިޔައީ 17 އަހަރުގައި 2017 ވަނަ އަހަރު ރާމަاللهގައި އިސްރާއީލުގެ ހަމަލާއެއްގެ ސަބަބުންނެވެ. އޭނާގެ އަނެއް ދަރިފުޅު ބަދުރުގެ މެޔަށް ބަޑިން ހަމަލާ ދިނުމަށްފަހު ހައްޔަރުކޮށް، އަނިޔާކޮށް، ތިން އަހަރަށް ޖަލަށްލެވުނެވެ.

"އެމީހުން އޭނާއަށް އަނިޔާދެމުންދިޔައީ އެއްވެސް ރަޙުމެއްނެތި"

އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަތިހު، އިސްރާއީލުގެ ސިފައިން އަބޫ ހިލައިލްގެ ގޭގެ ތެރެއަށް ވަދެގަތެވެ.

"ގާތްގަނޑަކަށް ފަތިހު 3 ގައި އަޅުގަނޑުމެންނަށް ސިފައިންގެ އަޑު އިވުނީ އެމީހުން ގެ ވަށައިގެން ހިޞާރުކޮށް ދޮރު ހުޅުވުމަށް އަމުރުކުރަމުންދިޔަ،" ބަސްމާ ބުންޏެވެ.

އޭނާގެ ދަރިފުޅު މުއައްޔަދު ދޮރު ހުޅުވަން ދިޔުމުން ވަގުތުން އޭނާއަށް ހަމަލާދިން ކަމަށާ ސިފައިން އޭނާއަށް އަމުރުކުރީ އޭނާގެ ބޮޑުބޭބެގެ ގެއަށް އެމީހުން ގެންދިއުމަށް ކަމަށް ބަސްމާ ކިޔައިދިނެވެ. 

އެ ވަގުތު، އެހެން ސިފައިން އެ ގެއަށް ވަދެ އަބޫ ހިލައިލް ހޯދައި އޭނާގައިގައު އަނިޔާވެރިކަމާއެކު ތަޅަން ފެށި ކަމަށާ، އޭނާ ހިތުގެ ބައްޔެއް ހުރިކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް، ނިރުބަވެރި، ސިފައިންގެ ތެރެއިން އެކަކު، ގަސްދުގައި ހިތް އިންނަ ފަޅީގައި، މޭމަތީގައި ބާރަށް ޖެހި ކަމަށް ބަސް ބުންޏެވެ.

އަދި އެފަހުން، ސިފައިންގެ އަމުރާއެއްގޮތަށް އަބޫ ހިލައިލް އޭނާގެ ގެއިން ނުކުމެ ސިފައިންގެ ފަހަތުން ދާން އުޅުނު ވަގުތު، ސިފައިންގެ ތެރެއިން އެކަކު އެގޭގެ ބަރު ދަގަނޑު ދޮރުން އޭނާގެ މޭމަތީގައި ބާރަށް ޖެހުމުން އޭނާ ވެއްޓުނު ކަމަށެވެ.

ބަސްމާ ބުނިގިތުގައި އަބޫ ހިލައިލް ވަނީ ކުރިން ހިތުގެ އެތައް ފަރުވާއެއް ހޯދާފައެވެ. އޭގެ ތެރޭގައި ހިތުގެ ލޭހޮޅިއަށް ކެތީޓަރު ލުން ހިމެނެއެވެ.

ދޮރުން ޖެހުމުގެ ސަބަބުން ވެއްޓި، ބައިގަޑިއިރަށްވުރެ ގިނަ ވަގުތު އޭނާ ހޭނެތިފައި އޮތް. ނަމަވެސް ގެ ވަށައިގެން ސިފައިން ތިބީ. އެމީހުން އެމްބިއުލާންސް އަޅުގަނޑުމެން ގާތަށް އައުން ހުއްޓުވަމުން ދިޔަ،" ބަސްމާ ބުންޏެވެ.

އޭނާ ހޭއެރި ވަގުތު، "އަޅުގަނޑު އޭނާ އަށް ގޮވަމުންދިޔައިން. އެވަގުތު، އަޅުގަނޑުގެ އަތްމަތީގައި އޮވެ އޭނާ ޝަހާދަތް ކިއީ، އެފަހުން އޭނާގެ ފުރާނަ ދިޔައީ. އެވަގުތު އަޅުގަނޑުގެ ހަށިގަނޑުންވެސް ފުރާނަ ދިޔަ ކަހަލަ އިހުސާސެއް ކުރެވުނު،" ބަސްމާ ބުންޏެވެ.

އަބޫ ހިލައިލްގެ ޖަނާޒާގައި އޭނާގެ އަނބިމީހާ: ފޮޓޯ/ އަލްޖަޒީރާ

ބަސްމާ ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާ އަކީ ދީލަތި، މަޑުމައިތިރި، ހިތްވަރުގަދަ އަދި މިސްކިތުގައި އަބަދުވެސް ނަމާދުކުރަމުން ދިޔަ މީހެކެވެ.

"އޭނާ އަހަންނަށް ކެތްތެރިކަން ދަސްކޮށްދިން. އަދި އޭނާގެ ބަލި، މަންމައަށް ފަރުވާތެރިވުމަށް އަހަންނަށް ނަސޭހަތްތެރިވި،" އޭނާ ބުނެއެވެ.

އަބޫ ހިލައިލްގެ ޖަނާޒާ: ފޮޓޯ/ އަލްޖަޒީރާ

އަބޫ ހިލައިލްގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވިއެވެ. އަދި އިތުރު މީހުން އައުމަށް މަސައްކަތްކުރި ނަމަވެސް އިސްރާއީލް ސިފައިން ހުރަސްއެޅުމުގެ ސަބަބުން އެމީހުންނަށް ނުދެވުނީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.