މެއި 6 ހަމަލާގެ ޝަރީއަތް
ހަބަރު
27 Oct 2024 | 13:52
ނަޝީދަށް ދިން ހަމަލާ: ވަކީލުންނަށް ހާޒިރުނުވެވިގެން މިއަދުގެ ޝަރީއަތްވެސް ކެންސަލް؛ ގާޒީގެ ކަންބޮޑުވުން

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މިއަދު ކުރިއަށް ގެންދަން ހަމަޖެހުނު ޝަރީޢަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.  

މިއަދުގެ އަޑުއެހުމުގައި ތާވަލުކުރެވިފައިވަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށެވެ.

މި އަޑުއެހުން ފައްޓަވަމުން ސޮފްއަތު ވިދާޅުވީ މި މައްސަލާގައި ހިމެނޭ އަލީ ހައިޝަމުގެ ވަކީލު ބަލިވެ އުޅޭތީ އަޑުއެހުމަށް ހާޒިރުވެވެން ނެތްކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި ހާޒިރު ނުވެވޭ ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ބުނެފައިވަނީ، ހައިޝަމްއާއި ބައްދަލު ނުވުމާއި ފަޔަށް އަނިޔާއެއްވުމުގެ އިތުރުން ބަލިވެއުޅުމެވެ. 

ނަމަވެސް ހައިޝަމްގެ ވަކީލުގެ އެ ސަބަބުތައް ގަބޫލު ކުރެވެން ނެތްކަން ފާހްގަކުރައްވައި ގާޒީ ސޮފްއަތު ވިދާޅުވީ، ވަކީލު ހުށަހަޅާފައިވާ މެޑިކަލް ސެޓިފިކެޓަކީ ކޯޓުގެ ބޭނުމަށް ބޭނުންކުރެވޭނެ ލިއުމެއް ނޫން ކަމަށް އޭގައި ލިޔެފައިވާ ކަމަށެވެ. 

މީގެ ކުރިންވެސް މައްސަލައިގެ ޝަރީއަތް ކެންސަލް ކުރަންޖެހުނީ އެހެން ދިފާޢީ ވަކީލެއް ހާޒިރު ނުވެގެންކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ އެފަދައިން ޝައީޢަތުގެ އަޑުއެހުން ކެންސަލް ކުރަންޖެހޭ ނަމަ މައްސަލަ ކުރިއަށް ނުދާނެ ކަމަށެވެ. 

"ފަހަރަކު ވަކީލަކު މިގޮތަށް ކޮންމެ ފަހަރަކު ބަލިވެގެން އަޑުއެހުން ކެންސަލް ކުރަން ޖެހޭ ކަމަށްވާ ނަމަ ޝަރީއަތަކަށް އަޑުއެހުން ކުރިއަކަށް ނުގެންދެވޭނެ،" ސޮފްއަތު ވިދާޅުވި އެވެ.

އެއާއެކު ގާޒީ ވަނީ ވަކީލުގެ ސަބަބު ގަބޫލު ކުރެވެން ނެތް ކަމަށް ނިންމައި ޝަރީއަތް ކުރިއަށް ގެންދަވަން ފައްޓަވާފައެވެ. ނަމަވެސް، ޝަރީއަތް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުކަމަށް ހައިޝަމް ބުނުމުން ދައުލަތުންވެސް ވަނީ ހައިޝަމްގެ ފަރާތުން އެގޮތަށް އެދިފައި ވަނިކޮށް ވަކީލަކާ ނުލައި ހެކިބަސް ނެގުން ކުރިއަށް ގެންދަން އިއުތިރާޒްކޮށްފަ އެވެ.

އެހެންކަމުން ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމަވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.