ވަޒީރު އިހްސާން މިއަދުގެ މަޖިލީހުގައި: ފޮޓޯ/ މަޖިލިސް
ހަބަރު
28 Oct 2024 | 09:39
އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމް ނުކުރެވި އޮތް 25 ރަށެއްގައި އެ ޚިދުމަތް ޤާއިމް ކުރެވިއްޖެ: އިޙްސާން

އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމް ނުކުރެވި އޮތް 25 ރަށެއްގައި އެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އިހްސާން މަޖިލީހަށް ހާޒިރު ކޮށް، ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ވަނީ ކުޅުދުއްފުށީގައި ޒަމާނޫ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ފެށޭނެ އިރަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމް ނުކުރެވޭ 72 ރަށް އޮތް ކަމަށެވެ.

”އޭގެ ތެރެއިން 25 ރަށެއްގައި މިހާރު ވާނީ ފުލުހުންގެ ޤާއިމް ކުރެވިފައި“ މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. 

މިއާއެކު އިހްސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިފައި ހުރި ރަށް ރަށުގައި ހުރި ޕޮލިސް އިންފްރާސްޓްރަކްޗަރ ރަނގަޅު ފެންވަރަކަށް ގާއިމް ކުރުމުގެ ޕްރޮޖެކްޓްތައް އެކުލަވާލައްވަމުންދާ ކަމަށެވެ.

މިގޮތުން ގާތްގަނޑަކަށް 115 ރަށެއްގެ، ތަފާތު 115 ރަށުގެ އިންފްރާ ސްޓްރަކްޗާގެ ވާހަކަ މި ދައްކަނީ. މި އިންފްރާ ސްޓްރަކްޗާ ތަކަކީ އަޅުގަނޑުމެން ވަކި ތަރުތީބަކުން ބަހާލައިގެން، ދައުލަތުގެ ބަޖެޓުން ޖާގަލިބޭ ވަރަކުން ކުރަމުން އަންނާނެ ކަންކަން

މިނިސްޓަރ އިހްސާން

އެގޮތުން ތަރުތީބު ކިރެވިފައިވާނީ މިވަގުތު ފުލުހުންގެ ޚިދުމަތް ހުރި ތަންތަނުގައި ހުރި ދަތި ތަކަށް ބަލައިގެން ކަމަށްވެސް އިހްސާން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.