ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް މައުލޫމާތުދެއްވަނީ.. ފޮޓޯ/ ރައީސް އޮފީސް
28 Oct 2024 | 13:56
މިދިޔަ އަހަރުގެ ނިޔަލަށް ސޮއިކުރި މަޝްރޫޢުތަކުގެ ޖުމްލަ އަގު، 39.9 ބިލިއަން ރުފިޔާއަށް އަރާ: މުއްތަލިބް

މިދިޔަ އަހަރުގެ ނިޔަލަށް ސޮއިކޮށްފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ޖުމްލަ އަގު 39.9 ބިލިއަން ރުފިޔާއަށް އަރާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިނާރާބެހޭ ވަޒީރު މުއްތަލިބް ވިދާޅުވީ، ބިނާރާބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ ނިޔަލަށް 322 މަޝްރޫޢުއެއްގައި ސޮއިކޮށްފައިވާއިރު، އެ މަޝްރޫޢުތަކުގެ ޖުމްލަ އަގު 39.9 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓްގެ 9 މަޝްރޫޢުއަކާއި، އެއް ބްރިޖާއި، ބިންހިއްކުމުގެ 29 މަޝްރޫޢު އާއި، މަގުހެދުމުގެ 42 މަޝްރޫޢު އާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 44 މަޝްރޫޢުގެ އިތުރުން ފެނާއި ނަރުދަމާގެ 102 މަޝްރޫޢުއެއް އެކެވެ.

މުއްތަލިބް ވިދާޅުވީ، އެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 3.6 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ އެއްބައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ތެރެއިން ބޮޑުބަޔަކީ ތިލަމާލެ ބްރިޖް، އައްޑޫމަގުހެދުން އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް އިންޑިއަން އެލްއޯސީން ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާ

މުއްތަލިބް ވިދާޅުވިއެވެ

މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަޝްރޫޢުތައް ކުރިޔައް ނުދާ ވާހަކައަކީ އެންމެގިނަ މީހުން މިއަދު ކުރިމަތިކުރުވާ ސުވާލުކަމަށާއި، މަޝްރޫޢުތައް ހުއްޓިފައިހުރުމުގެ މައިގަނޑު ސަބަބަކީ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ބަޖެޓްކޮށްފައި ނެތުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މުއްތަލިބް ވިދާޅުވީ މަޝްރޫއުތައް ކިތަންމެ ބައިވަރު ހުރިނަމަވެސް، ހަރަދު ކުރެވެން އަންނަނީ ޤާނޫނީ އިމުގެ ތެރެއިން ބަޖެޓްގައި ހިމެނޭ އަދަދުން ކަމަށާއި، އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެންމެ އިސްކަމެއް ދީފައިވާނީ ވީހާވެސް ގިނަ މަޝްރޫޢުތަކެއް ނުހުއްޓި ކުރިއަށް ގެންދިއުމަށްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.