ޓެން ހާގް.. ފޮޓޯ/ ޓޯކް ސްޕޯޓްސް
ހަބަރު
28 Oct 2024 | 18:26
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުން ޓެން ހާގް ވަކިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗްގެ މަގާމުގައި ހުރި، އެރިކް ޓެން ހާގް މަގާމުން މިއަދު ވަކިކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ތެން ހާގް މަގާމުން ވަކިކުރިކަން ރަސްމީކޮށް ބުނެފައެވެ. ޓެން ހާގް ވަކިކުރިކަން ހާމަކޮށް ޔުނައިޓެޑުން ނެރުނު ސްޓޭޓްމަންޓުގައި ބުނީ، އެ ޓީމުގައި ޓެން ހާގް އަދާކުރަމުން އައި ޒިއްމާތަކުން މިއަދުން ފެށިގެން ވަކިވެފައިވާކަމަށެވެ. 

މެމްޗެސްޓަރ ޔުނައިޓެޑުން ބުނީ، އެޓީމުގައި ހޭދަކުރި މުއްދަތުގައި ޓެން ހާގްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށާއި، އޭނާއަށް އުފާވެރި ކުރިމަގަކަށް އެދޭކަމަށެވެ.

ޓެންހާގް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ، 2022 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ޔުނައިޓެޑުގއި ހޭދަކުރި މުއްދަތުގައި ޓެން ހާގް ވަނީ އެޓީމަށް މިދިޔަ އަހަރުގެ ކަރަބޯ ކަޕާއި، މިއަހަރުގެ އެފްއޭކަޕް ހޯދައިދީފައެވެ. ޓެންހާގް މެންޗެސްޓަރ ޔުނައިޓެޑުން ވަކިކުރީ އެޓީމް ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. 

ޕްރިމިއާ ލީގްގައި ޔުނައިޓެޑް އެންމެފަހުން ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނުމެޗުން ބަލިވެފައިވާއިރު، ޕްރިމިއާ ލީގްގައި އެޓީމް މިހާރު އޮތީ 11 ޕޮއިންޓާއެކު 14 ވަނައިގައެވެ.

ޕްރިމިއާ ލީގްގައި މެންޗެސްޓަރ ޔުނައިޓެޓް އެންމެފަހުން ކުޅުނު 5 މެޗްގެ ތެރެއިން މޮޅުވީ ބެންފޯޑާ ދެކޮޅަށް ކުޅުނުމެޗުންނެވެ. ޓެން ހާގް ޓީމާ ވަކިވުމުން ދެން މެންޗެސްޓަރ ޔުނައިޓެޑްގެ ސީނިއާ ޓީމުގެ ކޯޗެއްގެ ގޮތުގައި ވަގުތީގޮތުން ހަމަޖައްސާފައިވަނީ އެޓީމްގެ ކުރީގެ ލެޖެންޑް އަދި އެސިސްޓަންޓް ކޯޗް، ރުޑް ވޭން ނިސްޓަލްރޫއީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.