ކޫއްޑޫ އެއާޕޯޓް ރަންވޭ މަރާމާތުކުރުމުގެ ތެރެއިން...
ހަބަރު
29 Oct 2024 | 08:26
ރަންވޭ މަރާމާތުކުރުމަށްފަހު ކޫއްޑޫ އެއާޕޯޓް އަނެއްކާވެސް އޮޕަރޭޝަނަށް

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިމި، އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށައިފިއެވެ.ރަންވޭ މަރާމާތައްފަހު ފުރަތަމަ ފްލައިޓް ކޫއްޑޫއަށް ޖައްސާފައިވަނީ މިއަދު ހެނދުނެވެ. އެއީ ކާޑެއްދޫއިން އައި މޯލްޑިވިއަންގެ ފްލައިޓެކެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން، ކޫއްޑޫ އެއާޕޯޓް ހިންގާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ރަންވޭގައި ކުރަންޖެހުނު މަރާމާތުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ކޫއްޑޫއަށް ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަން ކުރިއަށްދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުންވެސް ވަނީ ކޫއްޑޫއަށް ދަތުރުތައް ފެށިކަން ވޮއިސްއަށް ޔަގީންކޮށްދީފައެވެ.

ކޫއްޑޫ އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުއެވެ. މޯލްޑިވިއަނުނުން ބުނެފައިވަނީ ކޫއްޑޫ އެއާޕޯޓަާށް ދަތުރުތައް ކުރުން ހުއްޓާލަންޖެހުނީ، އެއާޕޯޓްގެ ރަންވޭ ބޭނުންކުރަން އެކަށީގެން ނުވާތީއެވެ.

ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރެވެ. އެ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭ ރަނގަޅަށް މަރާމާތުނުކުރާތާ ވަނީ، ގިނަ އަހަރުތަކެއް ވެފައެވެ. ރަންވޭ މަރާމާތަށް ފަރުވާކުޑަވެގެން މޯލްޑިވިއަންގެ ބައެއް ފްލައިޓްތަކަށް ގެއްލުންވެސް ލިބިފައި އެބަހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.