އިސްރަށްވެހިންނަށް އަމާޒުކޮށް ބޭއްވި މެޑިކަލް ކޭމްޕް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
29 Oct 2024 | 12:56
އިސްރަށްވެހިންނަށް ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ.

މިކޭމްޕާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މެޑިކަލް ކޭމްޕް ބާއްވާފައިވަނީ އައިކެއަރ، އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމަން ކްލިނިކް، މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރ، ކޮމިއުނިޓީ ވޮލަންޓިއަރ ނަރސަސް އަދި އެލްޒައިމާޒް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެންކަމަށެވެ.

މި ކޭމްޕުގައި އިސްކޮޅާއި ބަރުދަން (ބީ.އެމް.އައި) ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ޓެސްޓްކުރުމާއި ލޯ ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައިވާކަމަށާއި، މީގެ އިތުރުންވެސް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ބެލުމާއި، ކެންސަރ ސްކްރީނިންއާއި ގުޅޭ މަޢުލޫތުވެސް ހިއްސާކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، މި ކޭމްޕަށް 114 މީހުން ޒިޔާރަތްކޮށް ޚިދުމަތް ހޯދާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.