ހޯމް މިނިސްޓަރު އިހްސާން
29 Oct 2024 | 15:31
ފައްޔާޒުއާ ގުޅޭގޮތުން އިހުސާން ދެއްކެވި ވާހަކަތައް ބަލައިދިނުމަށް އެދި އޭސީސީ އާއި ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހޯމް މިނިސްޓަރު އަލީ އިހްސާން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ބަލައިދިނުމަށް އެދި އޭސީސީ އާއި ފުލުހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިހުސާން އިއްޔެ ވާހަކަދައްކަވަމުން ވަނީ މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން ފައްޔާޒް މިއަދު ވަނީ މިނިސްޓަރު އިހުސާން އެ ވިދާޅުވި ވާހަކަތައް ބަލައިދިނުމަށްއެދި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރަސްމީކޮށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އިހުސާން ވަނީ ‘ކުރީ ސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި ކަމަށެވެ. މިކަމުގައި ފައްޔާޒްގެ ފަރާތުން ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިފައިވާނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވެގެންދާއިރު، އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ފައްޔާޒު ވަނީ ސިފަކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހަޅަން ޖެހުނީ މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން ކަމަށާއި، މި ވާހަކަ ހޯމް މިނިސްޓަރު އިހުސާން ދެން ދައްކަވަން ޖެހޭނީ، ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މިދިޔަ ސަރުކާރުން އަތޮޅުތެރޭގެ 60 ރަށެއްގައި ޕޮލިސްޓޭޝަން އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަޝްރޫޢުއަށް ބޭނުންވާ 3.6 މިލިއަންޑޮލަރު ކުންފުންޏާ ހަވާލުކުރިނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާކަމަށް ފުލުހުންގެ މުއައްސަސާ ހިންގުމުގެ ޒިންމާ އުފުއްލަވަންޖެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެފައިވާކަމަށެވެ. އަދި އިންޑިއާގެ އެ ކުންފުނިން ނާޖާއިޒް މަންފާތަކެއް ހޯއްދަވާފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވެފައިވާކަމަށާއި، އެކަމުގެ މައުލޫމާތު ހިއްސާކުރިނަމަވެސް އެކި ފަހަރުމަތިން ހަގީގަތާ ހިލާފަށް މިނިސްޓަރު ވާހަކަދައްކަވަމުން ގެންދަވާކަމަށް ފައްޔާޒުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. 

ފައްޔާޒު ފުލުހަށާއި އޭސީސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ،  އެކަމުގައި އޭނާއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުންދާނަމަ އެކަން އަވަހަށް ނިންމައި ޖަވާބުދާރީ ވުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެދިފައެވެ.

މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިއްޔެ ވަނީ، ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއުގެ ފައިސާއިން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހުޅުމާލެއިން ގޯތިތަކެއް ބައްލަވައިގަތް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ މަޝްރޫއާ ގުޅޭ ގޮތުން އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓް، އޭރުގެ އިކޮނަމިކް މިނިސްޓްރީގެ ދަށުގައި ގާތްގަނޑަކަށް ދެ އަހަރު ދުވަސް ވަންދެން އޮތް ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ނުހިގާ ކަމަށާއި، އެ ކުންފުނިން ދެން ރާއްޖޭގައި ކުރަމުންދަނީ ކޮން މަސައްކަތެއްތޯވެސް ސަރުކާރުން ބަލާފައިވާ ކަމަށެވެ. އަދި އެ ބެލި ބެލުމުން އެނގުނު ގޮތުގައި ރާއްޖޭގެ ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ، އެ ކުންފުނިން ގަނެގެން މިހާރު ގަލޮޅު މޫނިމާގެ ކިޔާ ގެއެއް ހަދަމުންދާ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.