ޢަލީ ރަމީޒު: ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
30 Oct 2024 | 11:54
”ރީތީގެ މުބާރާތުގައި ބައިވެރިވުން ފަދަ ބޮޑު އުރެދަމަށް މުސްލިމު އަންހެނަކު ކުރިމަތިލާން ހުއްދަ ވާނީ ކިހިނެއް؟“

ރީތީގެ މުބާރާތް ފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ބޮޑު އުރެދުމެއް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ކުންފުންޏަކުން ފަހިކޮށްދިން ފުރުސަތެއްގައި، ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ރާއްޖޭގެ އަންހެނެއް ބައިވެރިވާ ޚަބަރު ރޭގެ ވަގުތެއްގައި ފެތުރިފައިވާއިރު، އެކަމާއި ގުޅިގެން އަލީ ރަމީޒް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެއީ ބޮޑު އުރެދުމެއް ކަމަށާ އެފަދަ ކަން ފާހަގަ ކުރައްވައި އެފަދަ ކަމަކަށް މުސްލިމު އަންހެނަކު ކުރިމަތިލުން ހުއްދަވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

”އަދި ތިފަދަ ހަޑި މުޑުދާރު ކަމަކަށް މަގުފަހިކޮށްދޭ ބަޔަކު އެ އަރައިގަންނަނީ ކޮންފަދަ ބޮޑު ފާފައަކަށް ތޯ؟ ހިތާމައިގެ ކޮޅެއްވެސް ނެތް“ 

ޢަލީ ރަމީޒު

މިކަމާއި ގުޅިގެން، ދާރިސް ޓީވީން ރޭ ކުރިއަށް ގެންދިޔަ ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި ޝެއިޚް އަބްދުއްސަލާމް ދާވޫދުވެސް ވަނީ އެފަދަ ކަން ކަމުގައި ބައިވެރި ވުމާއި، އަދި އެކަމަށް މަގުފަހި ކުރުމުގެ ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން، ރީތީގެ މުބާރާތް ތަކުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އެތަކެއް ބައެއްގެ ކުރިމަތީގައި އަންހެނާގެ ހަށިގަނޑާއި އޭނާގެ ވަނާތައް ހާމަކުރުން ކަން ޝެއިޚް ފާހަގަކުރެއްވިއެވެ. 

ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވޭ، އަންހެނާއަކީ އައުރަ އެކޭ. މާނައަކީ ރައްކާތެރިވާންޖެހޭ ބޭކަނބަލެކޭ. އަންހެނާ މަގު މައްޗަށް ނުކުމެއްޖެއްޔާ، މާނައަކީ އޭނާ ގެއިން ބޭރަށް ނުކުމެއްޖެއްޔާ، ވަރިހަމަ ކިތަންމެ ނިވާވެގެން ވިޔަސް، ނުކުމެއްޖެއްޔާ ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަންނާނޭ. މާނައަކީ، ޝައިޠާނާ، އެކަނބުލޭގެ ޒީނަތްތެރި ކުރުވާނޭ އެހެން މީހުންގެ ލޯތަކަށް. 

ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު

ކަން މިހެން ހުރި އިރު، ”ކަމާ ކަން ފަށައި، ބަރަހަނާ ވާންވެގެން، ތިމާގެ ގުނަވަންތައް ދައްކަންވެގެން ނުކުންނަ ނުތުން އެއީ“ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރެވޭ ލޯބިކުރެވުމަކަށް ވެގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އެހެން ކަމުން، އެފަދަ ކަންކަމުގައި އަންހެނުން ބައިވެރި ކުރުވަން ގެންދަން މަސައްކަތް ކުރާ ކުންފުނި ތަކުން، އެ މަސައްކަތް ހުއްޓާލައި، މާތް الله އަށް ބިރުވެތި ވުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ. 

”މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވޭ، އީމާން ކަމުގެ އަހުލުވެރިންގެ ތެރޭގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް، ދުނުޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ދެއްވާނެ ކަމަށް.“

އެހެންވީމާ ތިފަދަ ކަން ކަމަކީ ދުނިޔޭގައިވެސް މާތް الله ގެ ކޯފާއާއި ކުރިމަތިލާންޖެހޭނެ ކަމެކޭ ތިފަދަ ކަންކަމުގަ ކުރިމަތި ލުމަކީ. އަދި މުބާރާތުގައި ބައިވެރި ކޮށްދޭ ފަރާތާއި އެފަރާތުގެ އާއިލާއަށްވެސް އަޅުގަނޑު ދަންނަވާނީ، الله އަށް ބިރުވެތިވާށޭ. ތިމާގެ ހިސާބުގައި، އަދި ތިމާމެންގެ ހިސާބުގައި ލިޔެވިގެންދާ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭނެ ކަމެކޭ. 

ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު

ޝެއިޚް އިތުރަށް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަ އިރު، ރާއްޖޭގެ ނަމުގައި އެފަދަ ކަންކަމުގައި ބައިވެރި ވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. 

އަދި މިފަދަ ހާލަތެއްގައި ދައުލަތުގެ ކަންކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކުންވެސް، މާތް الله އަށް ބިރުވެތިވެ، މިކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ