Advertisement

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފިރިހެނަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހާ-- ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފިރިހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި  އެޑްރެސް އަދި އުމުރު: ޢަބްދުﷲ އިބްރާހީމް، މ. އަރޫދާގެ / މާލެ (52އ)

Advertisement

އައިޑީ ކާޑު ނަންބަރު: A098671

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް

އެހެންކަމުން ފުލުހުން ވަނީ، މީނާ 2024 ނޮވެމްބަރު 7 ވަނަ ދުވަހުގެ 10:00 އަށް ގަލޮޅު ޕޮލިސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement