ހުކުރު ޚުތުބާ އަޑު އަހަނީ
ދީން
01 Nov 2024 | 12:56
ހަނު ހުރުން އިތުރު ކުރާށެވެ؛ ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް: ޚުތުބާ

ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށް ބުނެ، ހެޔޮ ބަހެއް ނޫނީ ނުބުނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭހަތްތެރި ވެއްޖެއެވެ. 

”ހަނު ހުރުމުގެ އަޚްލާގު“ މައުޟޫއަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ ހަނުހުރުމުގެ މުހިންމުކަމާއި، ބޭކާރު ވާހަކަތަކުން ދުރުހެލިވުމުގެ މައްޗަށް އަލިއަޅުވާލައްވައިފިއެވެ.

އެގޮތުން ޚުޠުބާގައި، ވަނީ ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ އަދި ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއްކަން ފާހަގަކުރެއްވިއެވެ.

މިއާއެކު ޚުޠުބާގައި، ކީރިތި ރަސޫލާ ﷺ އަބޫ ޛައްރުގެފާނަށް ދެއްވި ނަސޭހަތެއް ނަގުލުކުރެއްވިއެވެ. އެ ޙަދީޘްގައި ވަނީ، "އެންމެ ހެޔޮ އަދި ހަށިގަނޑަށް ކުރަން އެންމެ ފަސޭހަ ޢަމަލަކީ ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުން" ކަމަށެވެ. މި ދެ ކަމުގައި ވަރުގަދައަށް ހިފެހެއްޓުމަށް އަންގަވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި الله ތަޢާލާއާއި އެކަލާނގެ ރަސޫލާ ﷺ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށާއި އަނގަގަދަ ނުކުރުމަށްކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އަދި މަޞްލަޙަތެއް ނެތް ހިނދު، ހަނުހުރުމާއި ބޭކާރު ވާހަކަތައް ނުދެއްކުމަކީ ބުއްދިވެރި ގޮތްކަމުގައި ބުންޏެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ) މާނައީ: "اللهއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަސް ބުނާށެވެ! ނުވަތަ އެމީހަކު ހަނުހުންނަހުށްޓެވެ!"

ޚުތުބާގައި ބުނީ ހެޔޮ ނޫން ބަހެއް ބުނުމަކީ ބާޠިލު ބަހެއް ބުނުމން ކަމަށާ ވިސްނައިނުލައި އެއްޗެއް ބުނުމަކީ ކުށް ބަހެއް ބުނުން ކަމަށެވެ. 

ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. މީހަކު ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އެމީހަކު ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. ނަމަވެސް ބާޠިލު ވާހަކަދައްކަން ފަށައިފި ނަމަ، ޝައިޠާނާ އެމީހަކު އަތްއަތަށް ދަމާން ފަށައިފާނެއެވެ. އަދި ޝައިޠާނާ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އެމީހަކު އަނބުރައިލައިފާނެއެވެ.

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ، އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކައުރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ: "ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ. އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ."

ޚުތުބާގައި އިތުރަށް ބުނީ، އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށާ، މީހަކު ހަނުހުރެއްޖެ ނަމަ އޭނާއާ މެދު ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް ވާހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެންދާނެ ކަމަށެވެ. 

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."

ވީމާ، މުއުމިނަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެއްކަމަށާ ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެއް ކަމުން، އެކަންކަމަށް ސަމާލުކަން ދީ ހަނުހުރުން އިސްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ