ޣައްޒާއަށް ޔަހޫދީން ދިން ވައިގެ ހަމަލާ-- ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
02 Nov 2024 | 09:43
ޣައްޒާގައި އަނެއްކާވެސް ގަތުލުއާއްމެއް ހިންގައި، 84 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އުތުރުގައި ނިރުބަވެރިން ހިންގި ގަތުލުއާއްމެއްގައި 84 މީހުން ޝަހީދުކޮށްލައިފިއެވެ.

ޔަހޫދީ ފައުޖުން ވައި މަގުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 50 ކުޑަކުދިން ހިމެނޭކަމަށް ޣައްޒާގައި ހަރަކާތްތެރިވަމުންދާ މީޑިއާ އޮފިޝަލުން މައުލޫމާތުދެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، މި ލާއިންސާނީ ހަމަލާތަކުގައި 158 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާކަމަށެވެ.

މީގެ އިތުރުންވެސް، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ޣައްޒާގެ ބެއިތު ލަހްޔާގައި އަށް ވެސް ހަމަލާދީ، 40 މީހުން ޒަހަމްކޮށްލާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ އުދުވާނަށް އަހަރެއް ވެފައިވާއިރު، އެމީހުން ހިންގަމުން އަންނަ "އޮޕަރޭޝަންތައް" ފުޅާކޮށް، ލާއިންސާނީ އެތައް ހަމަލާތަކެއް އަންނަނީ ދެމުންނެވެ.

މިދިޔަ އަހަރުން ފެށިގެން ޔަހޫދީން ޣައްޒާއަށް މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކުގައި  42,603 މީހުން ޝަހީދުވެފައިވާއިރު، 99,795 މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ