ރޮއްވާފައި ލޯތައް މަދަހައިގެ ވީޑިއޯގެ ތަންކޮޅެއް
ލައިފްސްޓައިލް
03 Nov 2024 | 06:58
”ރޮއްވާފައި ލޯތައް“ ރިލީސްކޮށްފި؛ ހަޤީގަތުގައިވެސް ރޮއްވާލައިފި!

އިސްލާމިކް ރިދަމްގެ އުފެއްދުމެއް ކަމަށްވާ ”ރޮއްވާފައި ލޯތައް“ ރޭ ރިލީސްކޮށްފިއެވެ. 

އެހީ ޖަމިއްޔާގެ އެހީ ތެރި ކަމާއެކު ނެރުނު މި ލަވައިގެ އޯޑިއޯ ރިކޯޑިންގ ހަދާފައި ވަނީ، ހުސައިން ތައުފީޤެވެ. ވީޑިއޯ ތައްޔާރު ކުރީ އޯކޭޒް އިންކް އިންނެވެ. 

މޫސާ ޝިފާޢުގެ އަޑުން ކިޔާފައިވާ މި ލަވައަކީ، އިސްލާމިކް ރިދަމްގެ ފައުންޑަރ އެއް ކަމަށްވާ އަޙްމަދު ރިފާޢުގެ މަންމަ، އާބިދާ އަބްދުالله އަށް ޚާއްސަ ކުރެވިފައިވާ މަދަހައެކެވެ. އާބިދާ ނިޔާވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައެވެ. 

ރިފާޢުގެ ”ރޮއްވާފައި ލޯތައް“ ޅެމުން، ކިޔައިދިނީ މަންމަ ވަކިވުމުން ދަރިންނަށާއި މުޅި އާއިލާއަށް ލިބިގެންދާ ހުސްކަމާއި ފަޅުކަމެވެ. އެގޮތުން، މަންމަ ވަކިވެގެން ދިޔަ ނަމަވެސް، މަންމަ ހުންނަ ކަމުގެ އިހްސާސް ކުރެވޭއިރު، އެ މަންމަ ހަގީގަތުގައި ދުނިޔޭގައި ނެތް ކަން ގަބޫލުކޮށް އެ ހަގީގަތާއި ކުރިމަތިލާ ދަރިންނަށް ލިބޭ ފުން ހިތާމައާއި ކެކުޅުން، ޅެމުން ވަރަށް ރީތިކޮށް ސިފަ ކޮށްދީފައިވެއެވެ. 

ހަމަ އެއާއެކު، މަންމަގެ ފަހު ވަގުތާއި، ބަލި ހާލުގައި އެ މަންމަ އިސްކުރި ކެތްތެރިކަމުގެ ރިވެތި ނަމޫނާ ޅެމުން ސިފަކޮށްފައިވާ ގޮތް ވަރަށް ފުރިހަމައެވެ. 

މީގެ އިތުރުން، މަންމަ ވަކިވެދިޔުމުގެ ޚަބަރުގައި ހުރި ވޭނާއި، އެ މަންމަ ކަފުންކޮށް ވަޅުލާއިރު ދަރިންނާއި ޢާއިލާ ތަހަންމަލްކުރާ ހިތްދަތިކަން ގެނެސްދީފައިވަނީ، މި ޅެން އަޑުއަހާލާ ކޮންމެ މީހަކުވެސް ހަގީގަތުގައިވެސް ”ރޮއްވާލާ“ ފަދަ ގޮތަކަށެވެ.

އެގޮތުން، މަދަހަ މީސް މީޑިއާއަށް ދޫކޮށްލުމާއެކު އެއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ، ”ވަރަށް ބޮޑަށް އަސަރުކޮށް ރޮއްވާލައިފި“ ކަމަށާ، ”ރޮއި ރޮއި ހަފުސްވެއްޖެ“ ކަމަށް ބުނެފައެވެ. 

މަދަހަ ފޭސްބުކުގައި ހިއްސާ ކުރިތާ ގަޑިއިރެއް ނުވަނީސް 100 އަށްވުރެ ގިނަ ޝެއާ އާއި 24000 މީހުން ބަލާފައިވެއެވެ. 

މި ޅެމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ މޫސާ ޝިފާޢު ޅެން ކިޔާފައިވާ އަސަރާއި، ލަވައިގެ ވީޑިއޯއިން ދައްކުވައިދިން މަންޒަރުތަކުންނެވެ. 

މަންމަ އާއި ގުޅޭ ގޮތުން ރިފާޢު ވަނީ މީގެ ކުރިންވެސް ގިނަ ޅެން ތަކެއް ހަދާފައެވެ. އޭގެ ތެރޭގައި އަލީ ރަމީޒު ކިޔާފައިވާ، 'ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި' އާއި މޫސާ ޝިފާއު ކިޔާފައިވާ 'މަގޭ ލޯބި މަންމާ، މަށަށް މާފުދީ'، އާއި ޝަލަބީ ކިޔާފައިވާ ”މަންމާ ތިއީ އަސްލީ ހިތް މަގޭ“  އަކީ އަދިވެސް ގިނަ ބަޔަކަށް އެންމެ ރީތި މަދަހަތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.