ސްކޫލް ދަރިވަރުންތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
04 Nov 2024 | 09:58
ގްރޭޑް 8 ގެ ދަރިވަރުންގެ އިމްތިހާން ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމައިފި

ގްރޭޑް 8 ގެ ދަރިވަރުންގެ އިމްތިހާން ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ތައުލީމާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ސްކޫލްތަކަށް ފޮނުވި އިންޓާނަލް މެމޯ އެއްގައި ބުނީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެކު ބޭއްވުނު ޕޮލިސީ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ގިނަ އަދަދެއްގެ ޕްރިންސިޕަލުންގެ ލަފައާއިއެކު، 2024 ގެ ދިރާސީ އަހަރުގެ ގްރޭޑް 8 ގެ ދަރިވަރުން ފަހު ޓާމްގެ މެދު ބަންދަށްފަހު ސްޓްރީމް ކުރުމަށް ނިންމާފައިވާކަމަށެވެ.

2024 ގެ ދިރާސީ އަހަރުގެ ޓާމްގެ އިމްތިހާންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ 8-22 ފެބްރުއަރީ 2025 ނަމަވެސް، ގްރޭޑް 8 ގެ ދަރިވަރުން އިމްތިހާންކުރާނީ 2 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން، އެދަރިވަރުން ކިޔަވާ ކޮންބައިންޑް ސައިންސް، ކޮންބައިންޑް ބިޒްނަސް، އަދި ހިސާބު މާއްދާތަކުގެ އިމްތިހާން ކުރިއަށްގެންދާނީ 14-19 ޑިސެންބަރު 2024 އަށް ކަމަށާއި، ސޯޝަލް ސްޓަޑީޒް، ހެލްތު އެންޑް ޕީއީ އަދި ކްރިއޭޓިވް އާޓްސްގެ ފޯމެޓިވް އެސެސްމެންޓްތައް ވެސް މި މުއްދަތުގައި ނިންމަންވާނެކަމަށް ވުޒާރާގެ ސާކިއުލާގައިވެއެވެ.

އެ ވުޒާރާއިން ބުނީ، ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުންގެ ފަހު ޓާމް އިމްތިހާނުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދާނީ 15-20 ފެބްރުއަރީ 2025 އަށް ކަމަށާއި، މި ފިޔަވަހީގައި ދަރިވަރުން އިމްތިހާން ކުރާނީ އިސްލާމް، ދިވެހި އަދި އިނގިރޭސި މާއްދާއިން ކަމަށެވެ.

ގްރޭޑް 8 ގެ ދަރިވަރުންގެ ސްޓްރީމް މާއްދާތައް ކިޔަވަމުންދާއިރު، އެސެސްމަންޓް ފޯ ލާނިން ގެންދަންވާނެކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ، 2024 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ރިޕޯޓް ފޮތް ހުރިހާ ދަރިވަރުންނަށް ވެސް ދޫކުރާނީ 27 ފެބްރުއަރީ 2025 ގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.