ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Nov 2024 | 11:15
ހިޔާވެހި ފައިނޭންސް ސްކީމަކީ ދާއިމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާނެ މަޝްރޫއެއް: ރައީސް ޑރ.މުޢިއްޒު

"ހިޔާވެހި ފައިނޭންސް ސްކީމް" އަކީ ދާއިމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާނެ މަޝްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، "ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއަދު ފެށިގެން އެދަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން އަދި މެނިފެސްޓޯގައިވެސް ހިމަނާފައިވާ 5 ޕަސެންޓްގެ އިންޓްރެސްޓްގައި ހިމެނޭ، އެއަށްވުރެ ބޮޑު ނުވާނެ އިންޓްރެސްޓްގެ ލޯނު ސްކީމް ދޫކުރާނެ ކަމަށް ވީ ވައުދު ފުއްދުން ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެމީހެއްގެ އަމިއްލަ ގޯތި، އަމިއްލަ ބިމަކީ ނުވަތަ އިމާރާތަކީ ދިރިއުޅެވޭވަރުގެ ބޯހިޔާވައްސަކަށް ހެދުމަށްޓަކައި މި ސްކީމްގެ ބޭނުން ހިފޭނެކަމަށާއި، މިއީ އަމިއްލަ ގެދޮރުވެރިކަން ގާއިމު ކުރުމަށްޓަކައި ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މިއީ މިއަދު ފަށާފައި މިއަންނަ އަހަރު ހުއްޓާލާ ސްކީމެއް ނޫން، މިއީ ދާއިމަށް އިރާދަކުރެއްވީތީ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާނެ މަޝްރޫއެއް." 

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އިފްތިތާހްކުރެވުނު "ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަޑުން ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހުނު ނަމަވެސް ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި "ނޮމިނަލް ކޮންޓްރިބިޔުޝަން" އެއް ދައްކަން ޖެހޭނެއެވެ.

މި ސްކީމްގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވަ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާއިރު، މިއީ، ހުސްބިމެއްގައި އަލަށް އިމާރާތެއް ކުރުމަށް ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެ ހަލާކުވެފައިވާ އިމާރާތެއް މަރާމާތުކުރުމަށް ހަމަޖައްސާ ފައިސާއަށްވާތީ ދޫކުރެވޭ ޖުމްލަ އަދަދުން މަޝްރޫޢު އެއްކޮށް ނިންމޭވަރު ވާންޖެހޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.