އެމެރިކާގެ ރިޔާސީ އިންތިޚާބުގައު ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
06 Nov 2024 | 09:32
އެމެރިކާގެ އިންތިޚާބު: ވާދަވެރިކަން ބޮޑު ސްޓޭޓް އަކުން، ޓްރަމްޕް ކުރި ހޯދައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަވެރިކަން ބޮޑު ސްޓޭޓެއް ކަމަށްވާ ނޯތު ކެރޮލައިނާ އިން ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކުރި ހޯދައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕްއެވެ.

ނޯތު ކެރޮލައިނާ އަކީ މި އިންތިޚާބުގައި ނަތީޖާ އިއުލާނުކުރެވުނު ފުރަތަމަ ވާދަވެރި ސްޓޭޓެވެ. 

16 އިލެކްޓޯރަލް ވޯޓު ލިބޭ މި ސްޓޭޓް 1968 އިން ފެށިގެން ޑިމޮކްރެޓުންނަށް ލިބިފައިވަނީ އެންމެ ދެ ފަހަރެއްގައެވެ. އެއީ 1976 އަދި 2008 ވަނަ އަހަރުއެވެ. ނަމަވެސް، މި ސްޓޭޓުގައި އަންނަމުންދާ ޑިމޮކްރެޓިކް ބަދަލުތަކާއި، ސިޔާސީގޮތުން ހަރަކާތްތެރި އާބާދީއެއް އޮތުމާއެކު، މި ސްޓޭޓު ޑިމޮކްރެޓުންނަށް ކާމިޔާބުކުރެވިދާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރަމުން ދިޔައެވެ.

ޓްރަމްޕްގެ މި ކާމިޔާބީއާއެކު، ދެން ބާކީ އޮތީ ވާދަވެރިކަން ބޮޑު ހަ ސްޓޭޓެކެވެ. އެއީ ޕެންސިލްވޭނިއާ، މިޝިގަން، ވިސްކޮންސިން، ޖޯޖިއާ، ނެވާޑާ އަދި އެރިޒޯނާއެވެ. މީގެ ތެރެއިން އެންމެ މުހިންމު ސްޓޭޓަކީ ޕެންސިލްވޭނިއާ ކަމަށް ވާއިރު، ޑިމޮކްރެޓިކް ކެންޑިޑޭޓް ކަމަލާ ހެރިސްއަށް އިންތިޚާބު ކާމިޔާބު ކުރުމަށް މި ސްޓޭޓަކީ ވަރަށް މުހިންމު ސްޓޭޓެކެވެ.

އެމެރިކާގެ މި އިންތިޚާބު ގިނަ ސަރަޙައްދުތަކުގައި ކުރިއަށްދަނީ ވަރަށް އޮމާންކަމާއެކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ވޯޓު ގުނުން ވެސް ފަށައިފިއެވެ.

އިންތިޚާބުގެ ކުރިން ކުރެވުނު ސަރވޭތަކުން ދައްކާގޮތުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑު ވާދައެއް އެބައޮތެވެ. ޚާއްޞަކޮށް އެރިޒޯނާ، ޖޯޖިއާ، މިޝިގަން، ނެވާޑާ، ނޯތު ކެރޮލައިނާ، ޕެންސިލް ވޭނިއާ އަދި ވިސްކޮންސިން ފަދަ ހަތް ސްވިންގ ސްޓޭޓުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑު ވާދައެއް އޮތްކަމަށް ފެނެއެވެ.

އެމެރިކާގެ ރިޔާސީ މަޤާމު ކާމިޔާބުކުރުމަށް، ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯދަންޖެހެއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޓްރަމްޕަށް ލޮބިފައިވަނީ 230 އިލެކްޓޯރަލް ވޯޓެވެ. އަދި ހެރިސް އަށް ލިބުނީ 205 ވޯޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.