ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Nov 2024 | 12:27
ކްރިޕްޓޯ ކަރަންސީ ރާއްޖެއަށް ތައާރަފްކުރުމާއި ބެހޭ ގޮތުން ގަވަރުނަރަށް ވާނީ ދަންނަވާފައި: ރައީސް

ކްރިޕްޓޯ ކަރަންސީ ރާއްޖެ އަށް ތައާރަފް ކުރުމާއި ބެހޭ ގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާހްކޮށްދެއްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ތަރައްގީއަށް ބަލާއިރު، އޭއައި އެކުލެވޭ ތަރައްގީގެ ޕްލޭނެއްގެ ތެރެއިން ނޫނީ ކުރިއަށް ނުދެވޭނެކަމަށެވެ.

ޑިޖިޓަލް އިކޮނޮމީތައް އުފެދިގެންދާތަން ފެންނަމުންދާކަމަށާއި، 2030 އާއި ހަމައަށް ދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިކޮނޮމީއަށް ހަދަން ޖެހޭކަމަށެވެ.

"އަޅުގަނޑު ދާދި ފަހުން ދެންނެވިން އެމްއެމްއޭގައި ގަވަރުނަރަށް ބައްލަވާދެއްވާށޭ ފުލީ ރެގިއުލޭޓެޑް ގޮތަކަށް އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ކްރިޕްޓޯ ކަރަންސީ، ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފްކުރެވޭނީ. އަޅުގަނޑުމެންގެ އިކޮނޮމީ ޑައިވާސިފައި ކުރެވޭނީ ކިހާވަރަކަށްތޯ ޑިޖިޓަލް ކަރަންސީ ތައާރަފްކޮށްގެން،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖެ ތަރައްގީ ވާނީ ދުނިޔެ އަށް އަންނަމުންދާ ބަދަލުތަކާއި ތަރައްގީއާއި ހަމައަށް ފައި ހަމަކޮށްގެން ކަމަށެވެ.

މިހުރިހާ ކަމަކާއި އެކުވެސް ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ތިބި، ފަޚުުރުވެރި ބަޔަކަށްވާތީ، ކާބަފައިން ގެނެސްދިން ހަގީގަތް މަތިން އަބަދުވެސް ހަނދާންކޮށް، ގައުމު ކުރިއަށް އޮތް ޖީލުތަކަށް ތަރައްގީކޮށް ގެންދިޔުމުގައި އެންމެން ބައިވެރިވެގެން މަސައްކަތްފެށުމަށް ރައީސް ޑރ.މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.