ޓްރަމްޕް ސަޕޯޓަރުންނާ ބައްދަލު ކުރުން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
06 Nov 2024 | 13:39
މުހިންމު ތިން ސްޓޭޓެއްގެ ނަތިީޖާއާއެކު އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކޮށްފި!

އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރިޔާ ކަމަލާ ހެރިސްގެ މައްޗަށް އިންތިޚާބު ކާމިޔާބުކުރި ކަމަށް އިއުލާންކޮށްފިއެވެ.

ވެސްޓް ޕާމް ބީޗްގައި ސަޕޯޓަރުންނާ މުޚާތަބު ވާހަކަދައްކަމުން، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް، މިކަން އިއުލާންކުރީ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ފަދަ މުހިންމު ސްޓޭޓްތަކުން އޭނާއަށް ލިބުނު ކާމިޔާބީއާއި ގުޅިގެންނެވެ. 

މިހާތަނަށް އިއުލާން ކުރެވުނު ނަތީޖާއަށް ބަލާއިރު ޓްރަމްޕަށް ލިބިފައިވަނީ 267 އިލެކްޓޯރަލް ވޯޓެވެ. މިއީ ކާމިޔާބަށް ބޭނުންވާ 270 ވޯޓާ ވަރަށް ކައިރި އަދަދެކެވެ. ބާކީ އޮތް 3 ވޯޓު އެލާސްކާއިން ލިބޭނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާކުރެއެވެ.

އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީން ސެނެޓުގެ ބާރުވެސް ވަނީ އަނބުރާ ހޯދާފައެވެ.

އިންތިޚާބު ކާމިޔާބުވިކަން އިއުލާންކޮށް ވާހަކަދައްކަމުން ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޚާއްސަކޮށް އޭނާގެ ރަނިންގ މޭޓް ޖޭޑީ ވާންސް، ޓެސްލާގެ ސީްލާގެ ސީއީއޯ އެލޮން މަސްކް އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް ރޮބަޓް އެފް. ކެނެޑީ ޖޫނިއަރއަށް ޝުކުރު އަދާކޮށްފައިވެއެވެ.

"މި އިންޤިލާބީ ހަރަކާތުގައި އަޅުގަނޑުމެންނަށް ވަނީ އެތައް ހާސް ރައްޓެހިންނެއް ލިބިފައި. މިއީ މީގެ ކުރިން އެއްވެސް މީހަކަށް ފެނިފައިނުވާ ހަރަކާތެއް. އަދި ޙަޤީޤަތުގައި މިއީ ތާރީޚުގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް އަހަރެން ޤަބޫލުކުރަން،" އޭނާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އެމެރިކާގެ އަންނަން އޮތް ޖީލުތަކަށާއި އަދި އެންމެހާ ރައްޔިތުންނަށް ޙައްޤުވާ، ރައްކާތެރި އަދި ފުދުންތެރި އެމެރިކާއެއް ގެނެސްދިނުމަށް ޓަކައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ”ޙަޤީޤަތުގައިވެސް އެމެރިކާގެ ރަން ޒަމާން ކަމުގައި ވާނެ،" ކަމަށް އޭނާ ބުންޏެވެ.

އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރި ނަމަވެސް، މުޅި ޤައުމުގެ ފައިނަލް ވޯޓު ގުނުން ނިމުމަށް އަދި ދުވަސްތަކެއް ނަގާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.