Advertisement

ވޭޕް މަނާކުރާ ބިލް ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރުމުގެ ބިލް، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބިލް ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ.

އެގޮތުން ދުންފަތް އެކުލެވޭ އެއްވެސް އެއްޗެއް އާއްމުކޮށް ފެންނަގޮތަށް ބެހެއްޓުމަކީ އިސްތިހާރުކުރުން ކަމުގައި ބެލެވޭގޮތަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ހުށަހެޅި އިސްލާހުވަނީ ކޮމިޓީން ފާސްކޮށްފައެވެ.

Advertisement

މީގެ އިތުރުންވެސް ބިލާގުޅޭގޮތުން މެމްބަރުން ހުށަހެޅި ބައެއް އިސްލާހުތައް ވަނީ ފާސްކޮށްފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އަންގަވާފައިވަނީ ހުސްވި އޮކްޓޯބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement