ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ..
ހަބަރު
07 Nov 2024 | 09:11
މުއިއްޒު ވެރިކަމަށް ގެންނަން ތާއީދުކުރެވުނީތީވެ، މިހާރު ދެރަވޭ: ރައީސް ޔާމީނު

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ރުހެވުނީތީވެ، މިހާރު ދެރަފުޅުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ޑރ.މުއިއްޒަށް ތާއީދު ކުރެވުނީތީވެ މިހާރު ވަރަށް ރިގްރެޓް ކުރާކަމަށެވެ. ރައީސް ޔާމީނު ވިދާޅުވީ، ޑރ.މުއިއްޒަކީ ޕީޕީއެމްގެ މުޑުވަކުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކި ކެނޑިޑޭޓެއް ކަމަށާއި، ވެރިކަން ލިބުމަށްފަހު މިހާ ޒިންމާދާރުކޮށް ކަންކަން ކުރައްވާނޭކަމަށް ދުވަހަކުވެސް އުއްމީދެއް ނުކުރައްވާކަމަށެވެ.

ރައްޔިތުން މިހާރު ތަހައްމަލުކުރަމުންދަނީ ވަރަށް ދަތި ދުވަސްތަކެއްކަން ފާހަގަކުރަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އައުމުގެ ކުރިން ކަނޑައެޅި ސިޔާސަތުތައް ރައީސް ޑރ.މުއިއްޒު ދޫކޮށްލައްވާފައިވާކަމަށެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މައްސަލައާއި، ޗާގޯސްގެ މައްސަލާގައި މި ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތު ކަމުނުދާކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

އަަޅުގަނޑަށް އެންމެ ބޮޑުވި ދެ މައްސަލައަކީ އިންޑިއާގެ އަސްކަރިއްޔާ މިތާ ތިބޭތިބުން ނިމުމަކަށް ނުގެނައި މައްސަލަ. އެއީ އަޅުގަނޑުމެން އޭރު އެންމެ ގަދައަށް ނިދާއެއްގެ ގޮތުގައި އިއްވަމުން އައި ވާހަކަ. ދެން އަނެއްކަމަކީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ވާހަކަ. ދެން އޭގެ އިތުރުން އަޅުގަނޑުމެން ޗާގޯސްވެސް/ ފޯޅަވަހި ލިބޭތޯ މަސައްކަތްކުރުން. 

ރައީސް ޔާމީނު ވިދާޅުވިއެވެ.

ޔާގޯސްގެ ރަށްތައް ހޯދުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ޔާމީނު ވިދާޅުވީ، މަސައްކަތްކޮށްގެން އެ ރަށްތައް ހޯދިއްޖެނަމަ އިގްތިސާދީ ގޮތުން ދިވެހިންނަށް އެތައް މަންފާއެއް ލިބޭނޭ ކަމަށެވެ. އެގޮތުން އެތަނުގައި ފަތުރުވެރިކަން ތައާރަފް ކުރެވިއްޖެނަމަ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދެވޭނޭކަން ރައީސް ޔާމިނު ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުއްވުންތަކާ ގުޅޭގޮތުން ރައީސް ޔާމީނު ވިދާޅުވީ، ޕާސަނަލީ ރައީސް ޑރ.މުއިއްޒުއާ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ފާޑުކިޔަނީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން ގޯސްކޮށް ދާ ކަންކަމަށް ކަމަށެވެ. މިގޮތުން އަދުގެ ސަރުކާރުގެ ކަންކަން ކުރިއަށް މި ދަނީ ރައީސް ސޯލިހު ސަރުކާރުގައިވެސް ކަންކަން ދިޔަމަގުންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.