ލައިފްސްޓައިލް
07 Nov 2024 | 09:27
”ރޮއްވާލާފައި ލޯތައް“ ލަވައިން ރޮއްވާލީ ހަމަ އެކަނި އޯޑިއަންސެއް ނޫން؛ މުޅި ޓީމުވެސް ރޮއްވާލި!

މިމަހުގެ ތިން ވަނަ ދުވަހު ރިލީސްކުރެވުނު، އިސްލާމިކް ރިދަމްގެ ”ރޮއްވާލާފައި ލޯތައް“ ލަވަ ތައްޔާރު ކުރުމުގެ ހަރަކާތްތެރިވި ފަރާތްތަކުން، އެ ލަވައިގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. 

އެހީ ޖަމިއްޔާގެ އެހީތެރިކަމާއެކު ނެރުނު މި ލަވައިގެ އޯޑިއޯ ރިކޯޑިންގ ހަދާފައި ވަނީ، ހުސައިން ތައުފީޤު (ކުޑަ ހުސައިން) އެވެ. ވީޑިއޯ ތައްޔާރު ކުރީ އޯކޭޒް އިންކް އިންނެވެ. 

މޫސާ ޝިފާޢުގެ އަޑުން ކިޔާފައިވާ މި ލަވައަކީ، އިސްލާމިކް ރިދަމްގެ ފައުންޑަރ އެއް ކަމަށްވާ އަޙްމަދު ރިފާޢުގެ މަންމަ، އާބިދާ އަބްދުالله އަށް ޚާއްސަ ކުރެވިފައިވާ މަދަހައެކެވެ. އާބިދާ ނިޔާވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައެވެ. 

މި ލަވަ ރިލީސް ކުރުމާއެކު އެ ލަވަ ކިޔުއްވި، މޫސާ ޝިފާޢު ވަނީ އެ ލަވައިގެ ޅެން ލިޔުއްވި ރިފާޢުގެ ހިތުގައި އޭނާގެ މަންމަ އަށް އޮތް ޤަދަރާއި، މަންމައަށް އޭނާ ކުރި އިހްތިރާމް، އަދި މަންމަ ވަކިވުމުން ކުރާނެ ފުން އަސަރުގެ ވާހަކަތައް ކިޔައި ދީފައެވެ.

ރިފާއަށް އޭނަގެ މަންމައަކީ އަބަދުވެސް ހާއްސަ މީހެއް، މަންމަދެކެ އެހާ ލޯބިވާ އިތުރު ދަރިއެއް އަދި ދިމާނުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ރިފާގެ މަންމައަށް ޑެޑިކޭޓްކޮށްފަ ހަދާފަހުރި މަދަހަތައް އެއީ އެކަމުގެ ހެއްކެއް. ކޮފީއެއްގަވިޔަސް، ނޫނީ އެހެން ކަމެއްގަ އުޅުނަސް މާ ގިނައިރު ވަންޏާ ބުނާނެ މަންމަ މިހާރު އިންދެފާނެއޭ ކާން ހަދައިގެން މަ ނައިސްގެން އިންތިޒާރުގަ. އެހާ ވަރަށް ވިސްނާނެ މަންމައާ ދޭތެރޭ. އަހަންނަށް އިހުސާސްކުރަންވެސް ދަތި ރިފާ މަންމަގެ ވަކިވުމުން ރިފާއަށް ކުރާނެ އަސަރެއް. އެކަމު މި މަދަހަ ފުރަތަމަ ކިޔާލި ފަހަރު އެނގުނު ރިފާއަށް ކުރުވި އަސަރާ، މަންމައަށް ދެވިފަވާ ހާއްސަ މަގާމާ ގަދަރު.

މޫސާ ޝިފާޢު

އަދި، އެހެން ލަވަ ނުވަތަ މަދަހަ ކިޔުމަށް ތައްޔާރުވާންޖެހޭ ވަރަށްވުރެ ބޮޑަށް ކުރިއާލައި އެ ލަވަ ކިޔުމަށް ސިކުނޑިތައްޔާރު ކުރަންޖެހުނުކަންވެސް އޭނާ ފާހަގަކުރިއެވެ. 

الله ގެ ރަޙްމަތުން މަދަހަ ރެކޯޑުކޮށް ނިންމާލެވުނީ މެންޓަލީ ތައްޔާރުވެ، އިމޯޝަންސް ވަރަށް ކޮންޓްރޯލް ކޮށްގެން. އެހެން ނޫންނަމަ މި މަދަހަ ރެކޯޑު ކުރެވުމަކީ ވަރަށް އުނދަގޫ ކަމަކަށްވީސް. މި އެހެން މަދަހަތަކާ ޚިލާފަށް ވަރަށް ފުނުން އިމޯޝަންސް ނެރެފައިވާ ޅެމެއް.

މޫސާ ޝިފާޢު

ޝިފާޢުގެ އިތުރުން، މި ލަވައިގެ އޯޑިއޯ ރިކޯޑިން ހެދުމުގެ މަސައްކަތް ކުރި ކުޑަހުސައިން ބުނެފައިވާ ގޮތުން، މިއީ އޭނާއަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތެވެ.

އެކަމަކު އެންމެ މަސައްކަތްކުރަންވެސް އުނދަގޫވި މަދަހަ. ސަބަބަކީ ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ މަންމަ. ދެން މީގައި މި ދައްކައިދެނީ މަންމަ ދޫކޮށްފައި ދިޔައީމަ ކުރި އިހްސާސްތަކެއްގެ ވާހަކަ. އެހެންވެ ވާގޮތަކީ ރިކޯޑްކުރި ގަޑީގައިވެސް ވަރަށް ގިނައިން ޖެހުނު ހުއްޓާލަން. އަސަރުގަދަކަމުން އެ ބުނާ އެއްޗެއް. ދެން ހުސައިންވެސް ޝިފާޢު ކައިރީ ބުނަމުން ދިޔައީ. އެބަ ރޮވެއޭ. ހިތަށް ވަރަށް އުނދަގޫވެޔޭ. މަންމަ ކައިރިއަށް ދާހިތްވަނީއޭ މި އަޑުއަހާފައި. މިހާރު އެވާހަކަ ދެއްކިޔަސް އުނދަގޫވޭ. އަޑު އަހާލިޔަސް. ރިކޯޑިންގައި ވަރަށް ގިނައިން އަޑުވެސް އެހިން. އެކަމު އަދިވެސް އަޑުއެހިޔަސް އުނދަގޫވޭ. 

ހުސައިން ތައުފީގު (ކުޑަ ހުސައިން) 

ހުސައިން ތައުފީގު (ކުޑަ ހުސައިން) 

މި ލަވައިގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވާ މަހުދީ އަހްމަދު ބުނެފައިވާގޮތުން، މީގެ ސްކްރީން ޕްލޭ ލިޔުނު އިރު، އޭނާގެ މަރްޙޫމް ބައްޕަގެ ހަނދާންތައް ދިޔައީ އައުވަމުންނެވެ. 

”ބައްޕަ ނިޔާވި ދުވަސް. އަހަރެންގެ ކަރުނަތަކެއް ނުހިފެހެއްޓުނު. ލަވައިގެ ކޮންމެ ބަހެއް، ކޮންމެ މަންޒަރެއް.. ވަރަށް ފުންކޮށް އިހްސާސް ކުރެވުނު.“ މަހުދީ އަހުމަދު ބުނެފައިވެއެވެ.

މި ލަވައިގެ ލީޑް ރޯލުން ފެނިގެންދާ ހަސަން ދިލްޝަން އަކީ ރިފާޢުގެ މަންމަ އާއި އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތަކަށް ވާއިރު ލަވައިން އޭނާއަށް ކުރި އަސަރު ބޮޑެވެ. ލަވައާއެކު އޭނާ ވަނީ މުޖުތަމަޢުއަށް މުހިންމު މެސެޖެއް ވެސް ރައްދު ކޮށްދީފައެވެ. 

ތިޔަބައިމީހުންގެ މައިންބަފައިންނަށް، ޚާއްޞަކޮށް މަންމައަށް ރައްކާތެރިވެ އަޅާލާށެވެ. އޭނާގެ ލޯބިއާއި ޤުރުބާނީތަކަކީ ތިޔަބައިމީހުންނަށް ދުވަހަކުވެސް އަގު ނުކުރެވޭނެ ހަދިޔާތަކެކެވެ. ‘އެއްޗެއްގެ ޙަޤީޤީ އަގު ތިޔަބައިމީހުންނަށް އެނގޭނީ އެ އެއްޗެއް ގެއްލުމުންނެވެ. ތިޔަބައިމީހުންގެ މަންމައާ މެދު އެފަދަ ކަމެއް ދިމާވިޔަ ނުދޭށެވެ. ކޮންމެ ވަގުތެއްގެވެސް ބޭނުން ހިފާށެވެ. އޭނާއަށް ޢިއްޒަތްތެރިކަން ދީ، ފުރުޞަތު އޮއްވާ އޭނާ އުފާކޮށްދޭށެވެ

ހަސަން ދިލްޝަން

ހަސަން ދިލްޝަން

ރިފާޢުގެ ”ރޮއްވާފައި ލޯތައް“ ޅެމުން، ކިޔައިދިނީ މަންމަ ވަކިވުމުން ދަރިންނަށާއި މުޅި އާއިލާއަށް ލިބިގެންދާ ހުސްކަމާއި ފަޅުކަމެވެ. އެގޮތުން، މަންމަ ވަކިވެގެން ދިޔަ ނަމަވެސް، މަންމަ ހުންނަ ކަމުގެ އިހްސާސް ކުރެވޭއިރު، އެ މަންމަ ހަގީގަތުގައި ދުނިޔޭގައި ނެތް ކަން ގަބޫލުކޮށް އެ ހަގީގަތާއި ކުރިމަތިލާ ދަރިންނަށް ލިބޭ ފުން ހިތާމައާއި ކެކުޅުން، ޅެމުން ވަރަށް ރީތިކޮށް ސިފަ ކޮށްދީފައިވެއެވެ. 

ހަމަ އެއާއެކު، މަންމަގެ ފަހު ވަގުތާއި، ބަލި ހާލުގައި އެ މަންމަ އިސްކުރި ކެތްތެރިކަމުގެ ރިވެތި ނަމޫނާ ޅެމުން ސިފަކޮށްފައިވާ ގޮތް ވަރަށް ފުރިހަމައެވެ. 

މީގެ އިތުރުން، މަންމަ ވަކިވެދިޔުމުގެ ޚަބަރުގައި ހުރި ވޭނާއި، އެ މަންމަ ކަފުންކޮށް ވަޅުލާއިރު ދަރިންނާއި ޢާއިލާ ތަހަންމަލްކުރާ ހިތްދަތިކަން ގެނެސްދީފައިވަނީ، މި ޅެން އަޑުއަހާލާ ކޮންމެ މީހަކުވެސް ހަގީގަތުގައިވެސް ”ރޮއްވާލާ“ ފަދަ ގޮތަކަށެވެ.

އެގޮތުން، މަދަހަ މީސް މީޑިއާއަށް ދޫކޮށްލުމާއެކު އެއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ، ”ވަރަށް ބޮޑަށް އަސަރުކޮށް ރޮއްވާލައިފި“ ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.