ކުރީގެ ރައީސް ޔާމީން އަބްދުލް ޤައޔޫމްް
ހަބަރު
07 Nov 2024 | 11:34
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން؛ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނަން: ރައީސް ޔާމީން

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

'ރާއްޖެ ޓީވީ'އަށް ދެއްކި ޚާއްސަ ބަސްދީގަތުމެއްގައި އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން، އެންމެ ފުރަތަމަ ވަނީ، އެ އިންތިޚާބު އަންނަން ވާއިރު އެމަނިކުފާނު ޖަލަށް ނުލައި ހުންނާނެ ކަމާމެދު ސުވާލު އުފުއްދަވާފައެވެ. އެހެންވެ، އިންތިޚާބާ މެދު އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށް ޔާމީން ފުރަތަމަ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ޖަލަށް ނުލާނެތޯ؟ ދެން ހިސާބަށް ދިޔައީމަ ދެއްތޯ؟ ހުރިހާ އެންމެން މި މަސައްކަތް ކުރަނީ އަޅުގަނޑު ޖަލަށްލާން. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ޝަރީޢަތްތައް ނުނިމިގެން. ޝަރީއަތްތައް ނުހިނގާ ނޫންތޯ. މަޑުޖެހިފައި ނޫންތޯ އެހުރީ؟ 

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު، ޖަލުން ސަލާމަތްވެ، ހުރިހާ ކަމެއް ރަނގަޅަށް ހުރި ނަމަ ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނުވަނީ، މިހާރުވެސް ހުންނެވީ ޖަލުން މިނިވަންވެ ވަޑައިގެން ކަމަށާ، އެކަން ”ނުބައިވާންޖެހޭ އެއްވެސް ސަބަބެއް ނެތް“ ކަމަށް ވިދާޅުވެފައެވެ.  

"އަދީބަކީ އަޅުގަނޑާ ދެކޮޅަށް ހެކިބަސްދޭ މީހާ. އޭނާ އަކީ މުރުއްވަތްތެރިކަން ގެއްލުފައި، އޭނާ އަކީ ފާސިގެއް ކަމަށް ސްޕްރީމް ކޯޓާއި ހުރިހާ ކޯޓަކުން ކަނޑައަޅާފައި އޮތީ. އޭނާ ދައްކާ ވާހަކަ އިތުރު ހެއްކަކާނުލައި ބަލައި ނުގަންނާށޭ..“

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 

”800 އަހަރުގެ ހުކުމް އަންނަވަރުގެ މައްސަލައޭ ހުރީ ކިޔާފައި މިހާރު ކޮބައިތޯ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބު؟ އަދީބަށްވުރެ ގިނަ ދުވަހު އަޅުގަނޑު އޮތިން ޖަލުގައި،" ޔާމީން ވިދާޅުވިއެވެ.

އެކަމަކު، ޖަލަށް ވަޑައިގަންނަވަން ނުޖެހި، ސަލާމަތުން ހުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށާއި އެ ކަމާ މެދު ޝައްކެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ޝައްކެއް ވެސް ނެތް [2028 ގައި ވާދަކުރާނަން،]. އަޅުގަނޑު ކުރިމަތިލަނީ ވެރިކަން ބޭނުން ވެގެނެއް ނޫން. އަޅުގަނޑު ކުރިމަތިލުމުގެ އޮތީ މައިގަނޑު ތިން ކަމެއް. އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދުމާއި، ހޯދޭ ކަމަށް ވައްޏާ ފޯޅަވަހި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔައީ. އިޓްލޮސް އަކަށް ނެތް ސިޓީއެއް ފޮނުވާފައެއް. ކުރީގައި ނިންމާފައި އޮތް ނިންމުމަށް ތިމަންނަމެން އިހްތިޖާޖު ކުރަމޭ، ކުރީގައި ނިންމާފައި އޮތް ނިންމިން ނިންމާފައި އެ އޮތީ ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް ނިންމަވާފައޭ. ރައްޔިތުންގެ މަޖިލީހަށްވެސް ނުގެންދަވާ ނިންމާފަ އޮތީ. އެއީ ޣައިރު ގާނޫނީ ނިންމުމެއް. އެވަރު ބަޔާން ކޮށްލާފައި އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ނުކެރިގެން މިއުޅެނީ“

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 

ދެވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. އެ މަނިކުފާނު ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ބުނި ނަމަވެސް، އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިއްބެވެ.

"މި ދެ ކަންތައް ހައްލުކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ ޚިދުމަތުގެ ފުރުސަތެއް ލިބުން. އަޅުގަނޑު ގަބޫލެއް ނުކުރަން ދެން ވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިކަން ކުރައްވާނެ ކަމަކަށް. މި ވަގުތު ތިބި ހުރިހާ ލީޑަރުންނަކީ ކޮމްޕްރޮމައިޒްޑް ލީޑަރުން އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް އަންނަން ރައްޔިތުން ގާތުގައި ވައުދާއި އަހުދުވާ ކަމަށާއި އެކަމަކު ވެރިކަން ލިބުމުން ކަންތައް ކުރައްވަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އެހެންވެ، ރައްޔިތުން މި ސަރުކާރާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ ސާމްޕަލްއެއް ނަންގަވާ. މި ވަގުތު 10 މީހުން ނެގިޔަސް، 10 މީހުންގެ ތެރެއިން 10 މީހުން ބުނާނެ ތިމަންނަމެން މިހާރު މި ހިނގާ ސަރުކާރުން މި ކުރާ ކަންކަމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ ވެއްޓެއް ކަމަށާ، އެ ކަމެއް ދިވެހިރާއްޖޭގައި ނެތް ކަމަށެވެ.

”އެހާ އުނދަގޫ، އެ މީހަކަށް ލިބޭ ލާރިކޮޅުން ދެކޮޅުޖައްސަން،" ޔާމީން ވިދާޅުވިއެވެ. 

މިއާއެކު ޔާމީން ވިދާޅުވީ، ވެރިކަން ބޭނުންވާ ތިންވަނަ ސަބަބަކީ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި އެ ތިން ކަންތައް ހާސިލުކުރުމުގެ އުންމީދުގައި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.