ވަޒީރު ޝަފީއު- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Nov 2024 | 13:09
ދަރިވަރުންނަށް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ފަހިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ޝަފީއު

ރަށްރަށުގައި ތިބެގެން ދަރިވަރުންނަ ކިޔެވޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަފީއު މިފަދައިން ވިދާޅުވީ، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްވަނީ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ކެމްޕޭނަށް ވަޑައިގެންނެވިއިރުއާއި އޭގެ ފަހުން އަތޮޅު ތެރެއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ރަށުގައި ހުރެގެން މަތީ ތައުލީމް ފުރުސަތު ފަހިކޮށްދެވުމަށް ގިނަ ރައްޔިތުންތަކެއް އެދުނު ކަން ފާހަގަކުރައްވާ ވަޒީރު ޝަފީއު ވިދާޅުވީ، ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ، ވިލާ ކޮލެޖު އަދި ޔޫއޭއީގެ އެހީތެރިކަމާއެކު އެ ޕްރޮގްރާމްގައި ވީހާ ވެސް ގިނަ މާއްދާތަކެއް ދަރިވަރުން ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަކީ ކޮންމެ ކޮންމެ އާއިލާއަކަށް ކުޅަދާނަ ކަމަކަށް ނުވާނެކަމަށާއި، އެހެންކަމުން، ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ދަރިވަރުންނަށް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަކީ ކޮންމެ ކޮންމެ އާއިލާއަކަށް ކުޅަދާނަ ކަމަކަށް ނުވާނެ. އެހެންވީމަ ރައީސްގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ދަރިވަރުންނަށް އެ ކުދިންނަށް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ފަހިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން،"

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ،  ޓީޗަރުންގެ އަގު ވަޒަންކުރެވި، ޓީޗަރުންނަކީ މުޖްތަމައުގެ ތެރޭގައި ގަދަރުވެރި ޝަފަރުވެރި ބައެއްގެ ގޮތުގައި ވެގެންދިއުމަކީ ރައީސް ޑރ.މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، އެ ވުޒާރާގެ ފަރާތުން ކުރަމުންދާ މަސައްކަތުން ކޮމިއުނިޓީ އެވެއާނަސް ޕްރޮގްރާމްތަކުގެ އިތުރަށް ސްކޫލްތަކުގައި މުދައްރިސުންނަށް ވީހާ ވެސް ފަހި މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.