މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ޕްރޮގްރާމް ރައީސް ޑރ.މުއިއްޒު ފައްޓަވައިދެއްވަނީ..
ހަބަރު
07 Nov 2024 | 13:30
މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމުގެ ޕްރޮގްރާމް ފަށައިފި

އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމުމަށް, ސަރުކާރުން ބީއެމްއެލް އާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީއީއޯ މުހައްމަދު ޝަރީފެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދެވެ.

ދެފަރާތުގެ ދެމެދުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓައި ނިންމަންޖެހެއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކުރެވިގެންދިޔައިރު، އެންމެ ފުރަތަމަ މި މަސައްކަތް ފެށި ރަށަކީ އދ އޮމަދޫ އެވެ. 

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރާ ޤައުމީ ބޭންކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ..

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެކެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ މާޗްމަހުގެ ކުރިން ނިންމުމަށް އަމާޒުހިފާފައިވާއިރު އެހާތަނަށް މީހުން ދިރިއުޅޭ 17 ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރަށްރަށުގައި ބެހެއްޓުމަށް ބޭނުންވާ އޭޓީއެމްތައް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.ޝަރީފް ވިދާޅުވީ އެ 17 ރަށުގައި އޭޓީއެމް ބެހެއްޓުމަށްފަހު ބާކީ ރަށްތަކުގައި އަހަރު ނިމުމުގެ ކުރިން އޭޓިއެމް ބަހައްޓައި ނިންމާނޭކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިހާތަނަށް 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވީ، މާލީ ކަންކަމުގައި ރައްޔިތުންނާ ގާތުން ފަސޭހަ ގޮތެއްގައި ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށެވެ. އެކަންކަން ހާސިލްކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ރައީސްގެ އިރުޝާދުގެ ދަށުން މިހާރުވެސް ގިނަ އަދަދެއްގެ ބައްދަލުވުންތައް ބާއްވާފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާތައްވެސް ފެންނަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ