އެމްއައިބީގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރާއެކު ސޮއިކުރަނީ
ހަބަރު
07 Nov 2024 | 15:22
އެމްއައިބީގެ ހިދުމަތް ރާއްޖޭގެ 19 ރަށަކަށް ފުޅާކުރަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުން ދެމުން އަންނަ ބޭންކިންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ސަރުކާރާއި އެމްއައިބީ އާ ދެމެދު އެއްބަސްވުމެއް މިއަދު ގާއިމްކޮށްފިއެވެ.

އެންމެ ފާހަގަކޮށްލެވެނީ، މި އެއްބަސްވުމުގެ ދަށުން އެމްއައިބީގެ އޭޓިއެމްތައް ރާއްޖޭގެ މީހުން ދިރިއުޅޭ 19 ރަށެއްގައި ބެހެއްޓުމަށް ނިންމުމެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދެވެ. އެމްއައިބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ މުފައްދަލް އިދްރީސް ހުމްރީ އެވެ.

ދެފަރާތުގެ ދެމެދުގައި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެމްއައިބީން 19 ރަށެއްގައި އޭޓީއެމްތައް ބަހައްޓައި، ފައިސާ ނެގުމާއި އެނޫންވެސް އޭޓީއެމަކުން ލިބޭނެ ޒަމާނީ ހިދުމަތްތައް ދޭނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ އެމްޑީ މުފައްދަލް ވިދާޅުވީ، އަތޮޅުގެ ރަށްތަކުގައި އެ އޭޓިއެމްތައް ބެހެއްޓުމާއެކު އަލަށް 16 އަތޮޅަކަށް އެމްއައިބީގެ ހިދުމަތްތައް ދެވިގެންދާނޭކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރުވެސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޖުމްލަ 39 އޭޓިއެމް ބަހައްޓާފައެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ގެ %33 ހިއްސާ އާއި، ދިވެހި ސަރުކާރުގެ %28 އިންސައްތަ ހިއްސާ އޮންނަ ބޭންކެކެވެ. މި ބޭންކްގެ އިތުރު ހިއްސާދާރުންނަކީ، މޯލްޑިވްސް ޕެންޝަން އޮފީސް %10.53، އަމާނާ ތަކާފުލް %8.03، އަދި އާއްމުންގެ %10.44 ހިއްސާ ތަމްސީލްކުރާ އާއްމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ