ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
07 Nov 2024 | 17:11
އެމްޑީޕީއާ ގުޅިގެން މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތެއް ނުކުރާނަން: ރައީސް ޔާމީން

އިދިކޮޅުގައި މައި ޕާޓީ، އެމްޑީޕީ އާ ގުޅިގެން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި, އެމްޑީޕީއާއެކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވިސްނުން އެމަނިކުފާނުގެ ވިސްނުންފުޅާ ނުގުޅޭ ކަމަށެވެ. އެހެން ކަމުން އެ ޕާޓީއާއެކު މަސައްކަތް ކުރުމަކީ ވާނޭ ކަމެއް ނޫން ކަމަށެވެ. 

"ނޫން. ތިއީކީ ވާނެ ކަމެއް ނޫން. ވާގޮތަކީ، އަޅުގަނޑުމެންގެ އައިޑޮލޮޖީއާ އެމްޑީޕީގެ އައިޑޮލޮޖީއާ ތަފާތު. ވަރަށް ތަފާތު. އަޅުގަނޑަށް މި ކުރި ހުރިހާ ޖެއްސުމަކާ ހުރިހާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ދެއްތޯ؟ އެހެންވީމަ ކީއްކުރަންތޯ އެމީހުންނާ އެކީ ކުރިއަށްދާންވީ. އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް އެއްވެސް އިރެއްގެ ޚިޔާލެއް ނެތް.“

ކުރީގެ ރައީސް އަބްދުالله ޔާމީން 

އެމީހުންނާ އެކީ ވާހަކަތަކެއް ދެއްކިދާނެ. އެހެން ނަމަވެސް، އެމީހުންނާއެކީ އެގްރީމަންޓެއް ހަދައިގެން، އެމީހުންނާއެކީ ސިޔާސީ މަސައްކަތްކޮށް، މި ސަރުކާރު ވައްޓާލަން، ސަރުކާރަށް ދެރަދޭން މިކަންކަން ކުރަން، ކޮންމެހެން އަޅުގަނޑު ނެތިން އެމްޑީޕީއާއެކު" ޔާމީން ވިދާޅުވިއެވެ. 

ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު އެމްޑީޕީއަށް އިތުބާރެއް ނުކުރައްވައެވެ. އަދި އެމްޑީޕީ އަކީ ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

އެމޑީޕީންވެސް ރަނގަޅު ކަންކަން ކޮށްފައި ހުރި ކަމަށާ، އެހެން ނަމަވެސް، ޖުމްލަކޮށް އެމީހުން ކޮށްފައި ހުރި ކަންކަމަށް ބަލާއިރު، ”ރާއްޖެ އަޅުވެތިވެ، އިންޑިޔާގެ ދަށުވެ ހުރިހާ ކަމެއް ހަލާކުވެގެން ދިޔުމަކީ“ އެމްޑީޕީ ސަރުކާރުން ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށް ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް