ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް 80 ކޮންޕިއުޓަރާއި 20 ލެޕްޓޮޕް ހަދިޔާކުރުން: ފޮޓޯ/ ޕީއެސްއެމް
ހަބަރު
07 Nov 2024 | 18:30
ޗައިނާ ސަރުކާރުން ރާއްޖެއަށް 80 ކޮންޕިއުޓަރ އާއި 20 ލެޕްޓޮޕް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް 80 ކޮންޕިއުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި އާލާތްތަކާ ހަވާލުވުމަށް ދިވެހި ޚާރިޖިއްޔާއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ޚާރިޖީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުالله ޚަލީލެވެ. އަދި އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޚަލީލް ވަނީ، ޗައިނާގެ ފަރާތުން ލިބޭ އެފަދަ އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ރަމްޒެއް ކަން ފާހަގަކުރައްވައި މިފަދަ އެހީތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާގެ ސަފީރުކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން އުފެދިފައިވަނީ އިޙްތިރާމުގެ މައްޗަށް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިގައިވެސް އެ ގައުމުގެ ފަރާތުން ރާއްޖޭގެ އެކި ދާއިރާތަކުގެ މީހުން ތަންރީނު ކުރުމުގެ ޕްރިގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

."1000 ސިވިލް ސަރވަންޓުން ޗައިނާއަށް ގެންގޮސް ތަމްރީންކުރަން ހަމަޖެހިފައިވޭ. އަދި އެކި ދާއިރާތަކުން މީހުން ޗައިނާއަށް ގެންގޮސް ތަމްރީންކުރަން ވަނީ ހަމަޖެހިފައި. އަދި ރާއްޖޭގައި އެތުލީޓުން ތަމްރީންކުރުމަށްވެސް ހަމަޖެހިފައިވޭ." ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައި ވަނީ ލެނޮވޯ ބްރޭންޑްގެ އާލާތްތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.