ލިބާނުންގެ ހާރިޖީ ވަޒީރު އާމިރުހާން، އާއި އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލް ޖޭޕީ ސިންގް ބޭއްވި ބައްދަލުވުމުގެ ތެރެއިން..
ހަބަރު
07 Nov 2024 | 18:04
ތާލިބާނުން އިންޑިއާ، އާއެކު ސިޔާސީގުޅުން ބަދަހިކުރަނީ

ތާލިބާނުންގެ ހާރިޖީ ވަޒީރު އާމިރުހާން، އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލެއް ކަމަށްވާ ޖޭޕީ ސިންގާ ބައްދަލުކުރައްވައިފިއެވެ.

ޖޭޕީ ސިންގަކީ އިންޑިއާއިން އަފްގާނިސްތާނުގެ ކަންކަމަށް ކަނޑައަޅުއްވާފައި ހުންނަވާ އޮފިޝަލެވެ. މި ބައްދަލުވުމަކީ އިންޑިއާ އާއި އަފްގާނިސްތާނާ ދެމެދު އިސް އޮފިޝަލުން ހިމެނޭގޮތަށް ކުރިއަށްގެންދެވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ތަލިބާނުންގެ ހާރިޖިއްޔާގެ ތަރުޖަމާނު ޒިއާ އަހުމަދު ވިދާޅުވެފައިވަނީ އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލާއެކު ބޭއްވ ބައްދަލުވުމުގައި އަފްގާންގެ ހާލަތު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. ދެގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނުއިރު، އިގްތިސާދީ، އަދި ސިޔާސީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނުކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ޒިޔާ ވަނީ ވިދާޅުވެފައެވެ.

ޒިޔާ ވަނީ، އިންޑިއާގެ ޑިޕްލޮމެޓުންނާއެކު ތަލިބާނުންގެ ޑިފެންސް މިނިސްޓަރު ޔައުގޫބް މުޖާހިދާވެސް ވާހަކަތައް ކުރިއަށްގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. ޔައުގޫބަކީ ތަލިބާނުންގެ ކުރީގެ ލީޑަރު، މުއްލާ އުމަރުގެ ދަރިފުޅެވެ.

ތަލިބާނުން އިންޑިއާގެ ޑިޕްލޮމެޓުންނާއެކު ބައްދަލުވުންތައް ބޭއްވިނަމަވެސް، މިކަން އަދި އިންޑިއާއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ތާލިބާނުން ދަނީ އެ ޖަމާއަތުން މީގެ ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ދޫކޮށް ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ. ބައެއް ކަންކަމުގައި ތަލިބާނުންގެ ސިޔާސަތުތައް ދޫކުރަމުން އައިނަމަވެސް، އަންހެނުންގެ ކަންކަމުގައި އަދިވެސް ކުރިން ގެންގުޅެމުން އަންނަ އުސޫލްތައް ކުރިއެކޭ އެއްގޮތަށް ދަމަހައްޓަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އަފްގާނިސްތާނަށް މިހާރު ހުޅަނގުގެ ގައުމުތަކުގެ ފަތުރުވެރިންނަށްވެސް ކަނޑައެޅޭ ހާއްސަ އުސޫލްތަކަކާއެކު ޒިޔާރަތްކުރުމުގެ ފުރުސަތު ދެއެވެ. މިގޮތުން މިދިޔަ އަހަރު އަފްގާނިސްތާނަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އަފްގާނިސްތާނަށް މިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު މަޝްހޫރު ބްލޫ މިސްކިތް ކައިރީ..

އަފްގާނިސްތާނަށް މިދިޔަ އަހަރު 7،000 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 2021 ވަނައަހަރު މިއަދަދު ހުރީ 691 ގައެވެ. އޭޕީ ރިޕޯޓްކުރާގޮތުގައި ތަލިބާނުންގެ އުސޫލްތަކާއެކު އަފްގާނިސްތާނަށް ފަތުރުވެރިން ޒިޔާރަތްކުރަން އެއްވެސް ހުރަހެއް ނެތެވެ. 

އަފްގާނިސްތާނުގައި ވެރިކަންކުރަމުން އައި ތާލިބާނުންގެ ވެރިކަން އެމެރިކާއިން ވައްޓާލީ 2001 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ 20 އަހަރުފަހުން ތާލިބާނުން ވަނީ އަނެއްކާވެސް އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.