ނައިބުރައީސް ހެލްތު އެކްސްޕޯ ހުޅުވައިދެއްވަނީ..
ހަބަރު
07 Nov 2024 | 21:02
ހެލްތު އެކްސްޕޯ 2024 ފަށައިފި

ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށާއި، މުޖުތަމައުގައި ސިއްހީ އާދަތަކަށް ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2024" ފަށައިފިއެވެ.

ހެލްތް އެކްސްޕޯ ޝަރަފްވެރިކޮށްދެއްވީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނުގެ އަރިހުގައި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އާއި، ހާރިޖީ ވަޒީރު، ޑރ.ޢަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ސިއްހީ ދާއިރާގެ ހަފްތާ 52 ގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުން ތައްޔާރުކޮށްފައިވާ ހާއްސަ ފޮތް ނެރެފައެވެ.

ހެލްތު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ އަދުގެ ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭ ގޮތަށް ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ހަމަ އެހެންމެ ބޭސްފަރުވާއަށް މާލެ އަންނަން ނުޖެހި ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ދިނުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތް އެކްސްޕޯ މީގެފަހުން ކޮންމެ އަހަރަކުވެސް ބާއްވާނޭ ކަމަށެވެ. މިގޮތުން އަހަރަކަށްވުރެ އަހަރެއް އެކްސްޕޯ ތަރައްޤީކުރާނޭކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ސިއްހީ ވުޒާރާގެ އިތުރުން ހޮސްޕިޓަލްތަކާއި އެނޫންވެސް ސިއްހީ ހިދުމަތްދޭ ތަންތަނުނުގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ޖުމްލަ 50 ސްޓޯލް ހުންނާނެއެވެ. މި އެކްސްޕޯ ގައި ތަފާތު އުމުރުފުރާތަކުގެ މީހުންގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންނާއި ކުޑަކުދިންނަށްވެސް ބައިވެރި ވެވޭނޭކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. 

މިއެކްސްޕޯގައި ކުޑަކުދިންގެ ހެލްތް ޗެކަޕްގެ އިތުރުން، މިންހެޔޮ ކާނާ އާއި ވެކްސިނާ ގުޅޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ރައްޔިތުންގެ އަޑު: ފާއިޒު ކިޔައިދިނީ މިސްކިތަށް ދިއުމުން ކުރިމަތިވި ކަންކަން
ހުޅުމާލެ ބައެއް މިސްކިތްތަކުން ވެސް ކުރެވުނީ އެ ތަޖުރިބާ ކަމަށް ވަނީ ބުނެފަ އެވެ.
13 Aug 2026
މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން: ނަޝީދު
"މި ދަރަނި އަދާކުރުމަށް އެއްކޮށްފައި ހުރި ފައިސާއަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް. އަދި އެހެންވެސް ސަރުކާރު އަތުގައި އޮތް ފައިސާއަކީ ކުރީގެ ސަރުކާރުން އެއްކޮށްފައި އޮތް އެ ސަރުކާރުގެ ރިޒާވް,"
13 Aug 2026
ޑާކްރެއިންގެ ޖަންނަތު: އިބްރަތްތެރި މޮޅު ފިލްމެެއް، ކޮންމެހެން ބަލާލަން ޖެހޭ
13 Aug 2026
މާލެސިޓީ ކައުންސިލުން 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
ވެމްކޯއިން ބުނީ ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުން އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަސް އެޅުފައިވާކަމަށެވެ
13 Aug 2026
ރައީސާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު: އިތުރު ދާއިރާއަކަށް ނޯޓްކުރަން ހުޅުވާލައިފި
"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.
13 Aug 2026
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
13 Aug 2026
އަޔަލޭންޑްގެ ފުޓްބޯޅަ އިދާރާއިންވެސް އިންފަންޓީނޯއާ ދެކޮޅަށް
ބޯޑު ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި އެފްއޭއައި އިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ފަހު ހިޔާލުތަފާތުވުންތައް އުފެދުމުގެ ކުރިން ފޮނުވި ތާއީދުގެ ސިޓީ ބާތިލުކޮށް ސަބަބުތައް ބަޔާންކޮށް ފީފާއަށް ވަކި ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.
13 Aug 2026
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 145.7 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 187.5 މިލިއަން ރުފިޔާއެވެ.