ޗެލްސީގެ ކެޕްޓަން އެންޒޯ ފެނާންޑޭޒް...
ކުޅިވަރު
08 Nov 2024 | 05:21
ތަފާތުބޮޑު ނަތީޖާއަކުން ނޯއާ ބަލިކޮށް ޗެލްސީ އިން ރެކޯޑް ހަދައިފި

ޔުއެފާ ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަރްމޭނިއާގެ އެފްސީ ނޯއާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ފަސޭހަކަމާއެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިއީ ޔުއެފާ ކޮންފަރެންސް ލީގުގެ ތާރީޚްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތުބޮޑު ނަތީޖާގެ އިތުރުން ޔުއެފާ މުބާރާތެއްގައި 1971 ވަނަ އަހަރުގެ ފަހުން ޗެލްސީ އިން ހޯދި އެންމެ ތަފާތުބޮޑު މޮޅެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ނޯއާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މިހާފުގައި ވެސް ޗެލްސީ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫ އަދި ޖޮއާއު ފެލިކްސް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެކްސެލް ޑިސާސީ، ޓޯސިން އަޑަރބަޔޯ، މިޚައިލޯ މުޑްރިކް އަދި މާކް ގިއޫ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނާގައި ޗެލްސީ މިވަގުތު އޮތް އިރު، މިމެޗުން ބަލިވި ނޯއާ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 28 ވަނައިގައެވެ.

ޔުއެފާ ކޮންފަރެންސް ލީގުގައި މިއަހަރު ޖުމްލަ 36 ޓީމަކުން ވާދަކުރަމުން އަންނައިރު، މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ރައުންޑުގައި ލީގު އުސޫލުން ކޮންމެ ޓީމަކުން ވެސް ތަފާތު އަށް ޓީމާއެކު ރަށުން ބޭރުގައި ހަތަރު މެޗު، އަދި އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބޭ ގޮތަށެވެ. އަދި ލީގުބުރުގެ ގަދަ އަށް ޓީމުގެ އިތުރުން ދެން އެންމެ ނަތީޖާ ރަނގަޅު 16 ޓީމުގެ މެދުގައި ޕްލޭއޮފް މެޗުތަކެއް ކުޅެ ކުރިހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ފަހު އަށް ޖާގަ ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.