ޓޮޓެންހަމް އާއި ގަލަތަސަރާއި އަދި ޔުނައިޓެޑާއި ޕައޯކް ވާދަކުރި މެޗުގެ ތެރެއިން...
ކުޅިވަރު
08 Nov 2024 | 05:29
ޔުނައިޓެޑުން ފުރަތަމަ މޮޅު ހޯދިއިރު، ޓޮޓެންހަމްގެ ރެކޯޑް ނިމުމަކަށް

ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ގްރީސްގ ޕައޯކް އަތުން 2-0 ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ރަށުން ބޭރުގައި ތުރުކީގެ ގަލަތަސަރާއީ އަތުން ޓޮޓެންހަމް ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. 

މީގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔުއެފާ ޗެންޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޑެންމާކްގެ ކޮޕަންހޭގަން އަތުން މޮޅުވި ފަހުން ޔުއެފާ ކުލަބު މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ފުރަތަމަ މެޗުގައި އެޓީމުގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އައިވަރީކޯސްޓްގެ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ އެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ގަލަތަސަރާއީ މޮޅުވި މެޗުގައި އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓަރ އޮސިމެން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ތުރުކީގެ ފޯވާޑް ޔޫނުސް އަކްގުން އެވެ. އަދި މިއާއެކު މިސީޒަނުގެ ޔުރޮޕާ ލީގުގައި ޓޮޓެންހަމް ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާ ވަނީ މިމުމަކަށް އައިސްފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން މެންޗެސްޓާ ޔުބައިޓެޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އަދި ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތް ވަނައިގައި ޓޮޓެންހަމް އޮތްއިރު، ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ގަލަތަސަރާއީ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށްޖެހިލާފައެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ޕައޯކް ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 33 ވަނައިގައެވެ.

ޔުއެފާ ޔުރޮޕާ ލީގުގައި މިއަހަރު ޖުމްލަ 36 ޓީމަކުން ވާދަކުރަމުން އަންނައިރު، މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ރައުންޑުގައި ލީގު އުސޫލުން ކޮންމެ ޓީމަކުން ވެސް ތަފާތު އަށް ޓީމާއެކު ރަށުން ބޭރުގައި ހަތަރު މެޗު، އަދި އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބޭ ގޮތަށެވެ. އަދި ލީގުބުރުގެ ގަދަ އަށް ޓީމުގެ އިތުރުން ދެން އެންމެ ނަތީޖާ ރަނގަޅު 16 ޓީމުގެ މެދުގައި ޕްލޭއޮފް މެޗުތަކެއް ކުޅެ ކުރިހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ފަހު އަށް ޖާގަ ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.