ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ވޮއިސް
ހަބަރު
08 Nov 2024 | 10:20
ގާނޫނުތައް ހަދާފައި ހުރީ، ކުށްކުރާ ފަރާތަށް ދެވެން އޮތް ހުރިހާ ރައްކާތެރިކަމެއް ދެވޭގޮތަށް: އިޙްސާން

ކުށް ކުރާ ފަރާތަށް ރައްކާތެރިކަން ހޯދައިދީ އެފަރާތް ސަލާމަތް ކުރުމަށް ހެދެން އޮތް ހުރިހާ ގާނޫނެއް ރާއްޖޭގައި ހަދާފައި ހުރި ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ރޭގެ ވަގުތެއްގައި ސަލާމަތްކޮށްފައިވާއިރު، އެކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ގާނޫނުތައް ހަދާފައި ހުރިއިރު، ކުށްތައް ހުއްޓުވައި، މީހުން ކުށްތަކަށް ނުދާނެ ފަދަ ގޮތަކަށް ގާނޫނުތައް ބައްޓަން ކުރެވިފައި ނުވާ ކަމަށެވެ. 

މި ރާއްޖޭގެ ގާނޫނުތައް ހެދިގެން އައިއިރުގައި، ކުށްކުރާ ފަރާތަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، ކުށްކުރާ ފަރާތް ސަލާމަތްކުރުމަށްޓަކައި، ހެދެން އޮތް ހުރިހާ ގާނޫނެއް ހަދައިގެން މިތިބީ. އަޅުގަނޑުމެންނާ ހިސާބަށް އައި އިރު. އެހެން ނަމަވެސް، ކުށް ހުއްޓުވަން އުޅޭ ފަރާތްތަކުން، ކުށް ހުއްޓުވުމަށް، އަދި ކުށުގެ މާހައުލުން މީހުން ދުރުކުރުވުމަށްޓަކައި، ކުށަށް ނުދާނެ ގޮތަށް ގާނޫނުތައް ބައްޓަން ކުރުމުގެ އެހާބޮޑު ވިސްނުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް ފެނިފައެއް ނެތް

ދާޚިލީ ވަޒީރު ޢަލީ އިޙްސާން

އިހްސާން ވިދާޅުވިގޮތުގައި، މިހާރު އޮތް ކުށުގެ މާހައުލުގެ މައްސަލަ ހައްލުކުރުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކަށް ޢަމަލީ ސިފަ ގެނެސްގެން ކަމަށެވެ. 

ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބެންޖެހޭ ބާރާއި ހަތިޔާރާއި މިކަންކަން މިހާރުވެސް ހުރިވަރުން އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ. މިހާރު މިއޮތް ކުށުގެ މާހައުލަށް އެންގޭޖުވާންޖެހޭ ވަރަށް ބާރާއި ސާމާނު އަޅުގަނޑުމެން އަތުގައި އިބަހުރި.

ދާޚިލީ ވަޒީރު ޢަލީ އިޙްސާން

އެހެން ނަމަވެސް، ގާނޫނުތައް ހެދިފައި ހުރި ގޮތުން، ތަކުރާރުކޮށް ކުށްކޮށްގެން ހައްޔަރުވާ މީހާ، ވަރަށް ފަސޭހައިން އަތުން ދޫވެގެންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ގާނޫނަށް ގެންނަ އިސްލާހާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. 

މިއާއެކު އިހްސާން ވިދާޅުވީ، މައުސޫމް މީހެއް ކުށުގެ މާހައުލުގެ ތެރެއިން ހައްޔަރު ކުރެވިއްޖެ ނަމަ އޭނާއަށް ލިބެންޖެހޭ ރައްކާތެރިކަން ދީ އިންސާނީ ހައްގުތައް ރައއކާތެރި ކުރުމާއި ދެކޮޅު ނަހައްދަވާ ކަމަށާ އެހެން ނަމަވެސް، ރާއްޖޭގައި ”އެކަން މާ ބޮޑަށް ފުޅާވެފައިވާ ކަމަށް“ ދެކެވަޑައިގަންނަވާ ކަމަށެވެ. 

އެ ވީވީނުންގޮސް، ތަކުރާރުކޮށް އަޅުގަނޑުމެން އެންމެ ލޯމަތިން ކުށްކުރާ މީހާވެސް، ކުޑަކުޑަ އިދާރީ ކުރެށެކޭ ކިޔާފައި، ނުވަތަ ނަގަންޖެހޭ ދިމާއަކުން ނުނެގުނު ފިޔަވަޅެކޭ ކިޔާފައި އެމީހާ، ކުށް ނުކުރާ ކަމަށް ހަދާފައި މުޖުތަމަޢު ތެރެއަށް އެބަ ދޫވޭ

ދާޚިލީ ވަޒީރު ޢަލީ އިޙްސާން

އިހްސާން ވިދާޅުވީ، އެކަންކަން ކަމަށް ހައްލު ލިބުމުން، ކުށުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި ގާނޫނުތަކަށް ގެންނަ ބަދަލުތެރެއިން އެކަން ހާސިލް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަންވެސް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ