ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ވޮއިސް
ހަބަރު
08 Nov 2024 | 12:09
ގޭންގުތަކާއި ޑުރަގުގެ އައްޑާގެ ގޮތުގައި ބޭނުންކުރާ ފުލެޓުތައް ދައުލަތަށް ނަގާނަން: އިހުސާން

ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް، ގޭންގާއި މަސްތުވާތަކެތީގެ އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ދެއްވައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ނުވައެއްގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ރޭ ސަލަމާތްކޮށްފައިވާއިރު، އެ ހާދިސާއާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރޭ އިރާކޮޅު މީހަކު ރަހީނުކޮށްގެން އުޅޭ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބުމާއެކު، އެ ޔުނިޓާއި އެހެނިހެން ބަހާތަކާއި ގުޅިގެން، ހިންގުނު އޮޕަރޭޝަނެއްގައި އެ މީހާ ސަލާމަތްކުރި ކަމަށެވެ.

މިއާއެކު އިހްސާން ވަނީ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ގޭންގުތަކަށް ގޮވާލައި، އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގަވާއިދާ ގާނޫނުތަކާ ޚިލާފަށް ގޭންގުތައް ހަދައިގެން ކުށްކުރަމުންދާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިކަންކަން ހުއްޓާލަން. ކުދިންގެ މުސްތަގުބަލް ހަލާކުނުކޮށް، މިފަދަ ކަންކަމުގެ ތެރެއަށް ނުވަދެ، ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ޒުވާނުންގެ ގޮތުގައި މިކަމުން ނެއްޓިގެން އަވަހަށް ހެޔޮ މަގަށް އެޅުމަށް އަޅުގަނޑު ނަސޭހަތްތެރިވަން،

ހޯމް މިނިސްޓަރު އަލީ އިހުސާން

އިހްސާން އިތުރަށް ވިދާޅުވީ ބައެއް ފުލެޓުތަކާއި އެ ނޫންވެސް ތަންތަން ތަކުރާރުކޮށް ކުށްކުރާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

މިފަދަ ތަންތަނުގެ ވެރިންނާ އަޅުގަނޑުމެން ވާހަކަދައްކާނަން. އަދި ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަކަމަށް ވެއްޖެއްޔާމުން ގާނޫނުގެ ތެރެއިން މިފަދަ ތަންތަން ދައުލަތަށް އަނބުރާ ނެގެން އޮތްނަމަ ހައްލެއް ލިބެން އޮތް ނަމަ އެގޮތަށް އަޅުގަނޑުމެން އަމަލުކުރާނަން،

ހޯމް މިނިސްޓަރު އަލީ އިހުސާން

”މިހާރުވެސް ބައެއް ފުލެޓް ތަކަކީ ކުށްކުރާ މީހުންގެ ހާއްޔަކަށް ބޭނުންކޮށްގެން އުޅޭ ތަންތަން. “

އެހެންކަމުން، މިއަދުން ފެށިގެން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެ ފުލެޓުތަކުގެ ވެރިންނާ ވާހަކަދެއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާ އަދި ކުށްކުރުމުގެ މާހައުލަށް އެތަންތަން ތަކުރާރުކޮށް ހުޅުވާލާފައި އޮންނަނަމަ އެ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތެއް ހޯދާނެ ކަމަށެވެ. އަދި ގޭންގު ގާނޫނަށް ހުށަހަޅަން ނިންމަވާފައިވާ އިސްލާހް ތަކުގެ ތެރޭގައި އެކަންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން މަސްތުވާތަކެތިގެ ގާނޫނަށް ގެންނަން ނިންމަވާފައިވާ އިސްލާހުތަކުގެ ތެރޭގައި ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކޮށް އެ ތަނަކީ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެއް ކަމުގައި ވާނަމަ ވެސް އެ ތަންތަން ދައުލަތަށް ނެގޭނެ ގޮތެއް ހޯދުން ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހިޔާ ފުލެޓް ސަރަހައްދަކީވެސް ގިނަ އަދަދެއްގެ މީހުން އުޅެމުންދާ ސަރަހައްދެއް ކަމަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ކަންކަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކެމެރާ ހަރުކުރުމާއި ފުލުހުންގެ އޮޮަޕަރޭޝަން ސެންޓަރު ތަކުން އެ ކެމެރާތައް ބެލޭނެ އިންތިޒާމް ހަމަޖައްސަވަމުންދާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ