ސިއްހީ ވަޒީރު އަދި ޗައިނާ ސަފީރު، "އައި ކޭމްޕް" ކުރިއަށްދާ ގޮތް ބައްލަވާލެއްވުން-- ފޮޓޯ: ވޮއިސް
ހަބަރު
09 Nov 2024 | 10:40
"އައި ކޭމްޕް" ގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމުން 3 ދުވަސްތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްގެންދާ "އައި ކޭމްޕް" ގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމުން 3 ދުވަސްތެރޭގައި 60 އެއްހާ ސާޖަރީ ފުރިހަމަކޮށްފިއެވެ.

މިއީ ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ޗައިނާގެ ލޮލުގެ ޑޮކްޓަރުން ރާއްޖެއަށް ކުރާ ޒިޔާރަތެކެވެ.

މި ކޭމްޕް ކުރިއަށް ގެންދާ ގޮތް ބަލާލުމަށާއި ފަރުވާ ހޯދާ މީހުންނާ ބައްދަލުކުރެއްވުމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ހޮސްޕިޓަލަށް އިއްޔެ ޒިޔާރަތް ކުރައްވާފައިވާއިރު، މި ޒިޔާރާތުގައި ޗައިނާ ސަފީރު ވާން ލިޖިންގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޭމްޕާއި ގުޅޭގޮތުން ޗައިނާ ސަފީރު ވާން ލިޖިން ވިދާޅުވީ، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން 60 އެއްހާ ސާޖަރީ ހަދައި، ދިވެހިންނަށް ފަރުވާ ދީފައިވާކަމަށާއި، ރާއްޖެއާއި ޗައިނާ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއްވާތީ އުފާކުރައްވާކަމަށެވެ.

ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފު ވެފައިވާ މީހުންނަށް ހާއްސަ ސާޖަރީތަކެއް ހެދުމުގެ ހިދުމަތްވެސް މި ކޭމްޕުން ދެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

2016 އިން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ މި ކޭމްޕްގެ ހަރަކާތް މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މި ކޭމްޕުތައް މެދުވެރިކޮށް 5،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ 600 އަށްވުރެ ގިނަ މީހުންގެ ލޮލުގެ ސާޖަރީ ހަދާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.