ވަޒީރު ހައިދަރު
ހަބަރު
10 Nov 2024 | 10:16
ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމުކޮށް، މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން: ޑރ.ހައިދަރު

ނިމުނު އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފްތާގެ ތެރޭގައި އާއްމުކުރާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަން ހައިދަރު ވަނީ، 4000 ފުލެޓަށް އެދި ހުށަހެޅި މީހުންގެ ލިސްޓާމެދު ހުށއހެޅުނު ޝަކުވާތަކާއި ގުޅިގެން އޭސީސީގެ އެންގުމަށް ފްލެޓް ހަވާލުކުރުން ފަސްކުރެވުނުކަން ފާހަގަކުރައްވާފައެވެ. 

އަދި އެ މައްސަލަ ބެލުމަށް ހައުސިންގ މިނިސްޓްރީން މިނިވަން ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށާ، އެ ކޮމިޓީން ލިސްޓް އިވަލުއޭޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

”އެހުރިހާ ފޯމެއް ރޫއިވެލުއޭޓްކޮށްފައި އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ވަގުތީ ލިސްޓެއް އިއުލާން ކުރާނަން. ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތުވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،"

ޑރ ހައިދަރު

"ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ