ވަޒީރު ހައިދަރު--- ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Nov 2024 | 11:32
އާރބަން ސެންޓަރުތަކުގައި އާބާދީގެ މިންގަނޑަކީ މަދުވެގެން 10،000 މީހުން: ވަޒީރު ހައިދަރު

ސަރުކާރުން ރާއްޖޭގެ 7 ރަށެއްގައި ގާއިމުކުރާ އާރބަން ސެންޓަރުތަކުގައި އާބާދީގެ މިންގަނޑަކީ މަދުވެގެން 10،000 މީހުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ،  އާރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްރަށް ކަނޑައަޅާފައިވަނީ އެރަށްރަށަށް މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަކީ ކޮބައިކަން ބެލުމަށްފަހުގައިކަމަށާއި، އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ޚިދުމަތްތަކާއި، ޢުމްރާނީ އެހެނިހެން ޚިދުމަތްތައް ދެވިފައިހުރި މިންވަރު ހިމެނޭކަމަށެވެ. އަދި އެ ރަށް ކައިރީގައި ފަޅެއް އޮތްތަނަމަ، އެ ފަޅު ހިއްކައިގެންނަމަވެސް ރަށް ބޮޑުކުރެވޭނެ މިންވަރުވެސް ބަލާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށް ގެންދަނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނާއި ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައްކަން ފާހަގަކުރައްވާ ވަޒީރު ހައިދަރު ވިދާޅުވީ، މި ޕޮލިސީތައް އެކުލަވާލާނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ހުރިހައި ސިނާއަތަކަށްވެސް ފުރުޞަތުތައް ފަހިވާނެގޮތަކަށްކަމަށެވެ.

"ގާތްގަޑަކަށް މެދުރާއްޖެތެރެއަށް ބަހާލާފައި މި އޮތީ 7 އާރބަން ސެންޓަރ. މި މައި ރަށުގައި މީހުން އާބާދުވެއްޖެނަމަ ޚިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން." 

ވަޒީރު ހައިދަރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ރަށްރަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވާއިރު، އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެށްޓާ ރައްޓެހި ރަށްތަކެއް ތަރައްޤީކުރެވިގެންކަމަށާއި، ރައްޔިތުންނަށް ރައްކާތެރި މަތީ ތަޢުލީމާއި ސިއްޙީ ފުރުޞަތުތަކުގެ އިތުރުން ވިޔަފާރީގެ އެތަކެއް ފުރުޞަތުތަކެއް ފަހިވެގެން ދާނެ ތަންތަނަށް އާބަން ސެންޓަރުތައް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅުއްވައި، އެ ރަށްތައް އިއްޔެ ވަނީ އާއްމުކުރައްވާފައެވެ.

އެ ރަށްތަކަކީ:

1) ރ. އުނގޫފާރު

2) ބ. އޭދަފުށި

3) ޅ. ނައިފަރު

4) އދ. މަހިބަދޫ

5) ފ. ނިލަންދޫ

6) ދ. ކުޑަހުވަދޫ

7) ލ. ފޮނަދޫ

ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި 7 އާބަން ސެންޓަރު ތަރައްޤީކުރާނެ ކަން ރައީސް ޑރ.މުޢިއްޒު އިއުލާނު ކުރައްވާފައިވަނީ, މީގެ ކުރިން މިއަހަރުގެ މާޗު މަހު، ރ.އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.