ހަބަރު
10 Nov 2024 | 11:10
ކަނޑުގެ ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް ފަށައިފި

ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

'ވޭވް މޮނިޓަރިން ޕްރޮޖެކްޓް'ގެ ނަމުގައި ސްޓެލްކޯއިން ދިރާސާއެއް ފަށާފައިވާއިރު މި މަސައްކަތުގެ ދަށުން ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އައުކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަގުފަހިކުރުމެވެ.

އަދި މި މަޝްރޫޢުގެ ދަށުން ރާޅުގެ ހަރަކާތްތައް ދެނެގަތުމަށް ޚާއްޞަ ޓެކްނޮލޮޖީއެއް ބޭނުންކުރާނެ ކަމަށާ މި ޓެކްނޮލޮޖީ މެދުވެރިކޮށް ރާޅުގެ ހަރަކާތްތަކާއި ބާރުމިނާ ގުޅޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ދިރާސާކުރާނެ ކަމަށެވެ. މިއީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އިތުރު ވަސީލަތެއް ތަޢާރަފުކުރުމުގެ މުހިންމު ފިޔަވަޅެއް ކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަކީ އަވީގެ ހަކަތައާ އަޅާބަލާއިރު އިތުރު ފައިދާތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަވުމާއި، ގިނަ ވަގުތު ހަކަތަ އުފެއްދުމުގެ ފުރުޞަތު އޮތުން ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ވިއުގަ އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވާނެ ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ފިޔަވަޅެއް ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ އައުކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް