Bsbs
ހަބަރު
10 Nov 2024 | 12:56
އިހަވަންދިއްޕޮޅު މަޝްރޫޢުގެ އަމަލީ މަސައްކަތް 6 މަސްދުވަސްތެރޭ ފެށޭނެ: ސައީދު

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭގައި ފެށޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާ ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސައީދު ވިދާޅުވީ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމާއެކު އެ މަސައްކަތްކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލާނެ ކަމަށާއި، ތަފްސީލީ އެގްރިމެންޓެއްގައިވެސް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.

"މި މަސައްކަތްތައް އަމަލީގޮތުން ފެށުން، މިއީ 6 މަސްދުވަސްތެރޭގައި ކުރިއަށްދާނެ ކަންތައްތަކަކީ، ދެން އަމަލީ މަސައްކަތްތައް ފެށުމަށް އެކުންފުނީގެ ޓެކްނިކަލް ބޭފުޅުން އެތަނަށް އައުމާއި، އެކި ކަހަލަ ދިރާސާތައް ކުރުމާއި، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ގެންދަން ޖެހޭ ހުރިހާ އިންތިޒާމުތަކެއް ކުރިއަށްގެންދާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 100 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކެޕިޓަލް އޭޝިއާ ކުންފުނީގެ ފަރާތުން ކުރާނެ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ދައުލަތަށް ބުރައެއް ނުޖެހި އެވަރުގެ މަޝްރޫޢަކާއި ހަމައަށް މިދިޔައީ ވަރަށް މަސައްކަތުން ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާ ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި އޭޝިއާ އިންވެސްޓުމަންޓުގެ ފަރާތުން ސޮއިކޮށްކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ