ވަޒީރު ހައިދަރު
ހަބަރު
10 Nov 2024 | 15:50
ރާއްޖޭގެ 55 ރަށުގައި 500 މީހުން ހަމަނުވޭ: ޑރ.ހައިދަރު

މީހުން ދިރިއުޅޭ 55 ރަށުގައި 500 މީހުން ހަމަނުވާ ކަމަށާއި ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކޮށްގެން މެނުވީ ހުރިހާ ދިވެހީންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތެއް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ، މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އޭގެ ތެރެއިން 55 ރަށަކީ އާބާދީގައި 500 މީހުން ވެސް ހަމަނުވާ ރަށްތައް ކަމަށެވެ.

އާބާދީ މަދު ރަށްތަކުގައި އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއް ފޯރުކޮށްނުދެވޭ ކަމަށާ، އެފަދަ ރަށްތަކުގައު ތިމާވެށިގެވެސް ގިނަ މައްސަލަ ތަކެއް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރަށް ގިރުމާއި، ވިއްސާރަވެ ފެންބޮޑުވުންފަދަ ކަންކަން ދިމާވާއިރު އެއީ ރައްޔިތުންނަށް ގިނަ ތަކުލީފް ތަކެއް ކުރިމަތިވާ ކަންކަންކަމަށް ވިދާޅުވިއެވެ. 

އެހެން ކަމުން، އާބާދީ މަދު ރަށްތައް ތަރައްގީކުރުމުގެ ބަދަލުގައި ވަކި ރަށްތަކަކަށް އަމާޒުކޮށްގެން ތަރައްގީ ގެނެވިއްޖެނަމަ، ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހިފައި އޮތްއޮތުމަށް ހައްލު އަންނާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ކުދި ރަށްތަކުގެ ރައްޔިތުން ބޮޑެތި ރަށްތަކަށް ހިޖުރަ ކުރުމުން، އެ ހިޖުރަކުރާ ފަރާތާއި ހިޖުރަ ކުރެވޭ ރަށަށްވެސް ގިނަ ފައިދާ ތަކެއް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވުއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އެއީއެވެ.

"އޭގެ ފައިދާ މުޅި މުޖުތަމައަށް ވާނެ. މާލެއަށް ކޮންމެ ފަހަރަކު ޚިދުމަތެއް ހޯދަން އަންނަން ނުޖެހޭނެ ރައްޔިތުންނަކަށް. އެހެންވީމާ ރައްޔިތުންނާ ގާތުން އެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތެއް ހަމަޖެހިގެންދާނެ. އެހެންވީމާ އެއީ އެންމެ ބޮޑު ބޭނުމަކީ، މަގުސަދަކީ އާބަން ސެންޓަރުތަކެއް ގާއިމުކޮށް، އެ ރަށްތަކަށް ފޯކަސްކޮށް އިންވެސްޓްމަންޓްތަކެއް ގެނައުން،" މިނިސްޓަރު ވިދާޅުވިއެވެ.

ހައިދަރު އިތުރަށް ވިދާޅުވި ގޮތުގައި އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކަށް ކޮށްފައިވާ އިންވެސްޓްމަންޓުތަކަށެވެ. އެ ގޮތުން ސިއްހީ، ތައުލީމީ އަދި އުމްރާނީ އެހެނިހެން ޚިދުމަތްތައް ދެވިފައިހުރި މިންވަރާއި، ރަށް އިތުރަށް ބޮޑުކުރެވޭނެތޯވެސް އެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރާނީ 100،000 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ.

"ފަސް އަހަރު ދުވަހުގެ ތެރޭ އެ މަސައްކަތް ފަށައިގަނެގެން އަދި ދުވަސްކޮޅެއް ނަގާނެ އަޅުގަނޑު ހިތުން 100،000އާ ހިސާބަށް ފޯރަން. އެއީ މިހާރު ދެކުނުގެ ރީޖަންގައި އުޅެނީ 50،000 މީހުން. އުތުރުގައި ވެސް ހަމަ 55،000 ވަރު ގާތްގަނޑަކަށް މި އުޅެނީ އިނގޭތޯ. އެހެންވީމާ 100،000 ގެނެސްގެން ނޫނިއްޔާ ތަންކޮޅެއް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭން އުނދަގޫވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ